ހިތުގެ ބައްޔާއިގުޅޭގޮތުންނާ ބަލިން ސަލާމަތްވުމަށް އެނގެންޖެހޭ މުހިއްމު ބައެއް މައުލޫމާތު

ކިޔުމަށް ހޭދަވާނީ 1މ 41ސ
ހިތުގެ ބައްޔާއިގުޅޭގޮތުންނާ ބަލިން ސަލާމަތްވުމަށް އެނގެންޖެހޭ މުހިއްމު ބައެއް މައުލޫމާތު

ފާޠިމަތު ނައީޝާ ޖާދުﷲ 

 

ހިތުގެ ބަލިތަކަކީ ދިވެހިންގެ ތެރޭގައި ކަންބޮޑުވާވަރަށް އިތުރުވެފައިވާ ބަލިތަކެކެވެ. ހިތުގެ ބަލިތަށް ޖެހުން އެންމެ ގާތީ ދޮށީ އުމުރުގެ މީހުންނަށެވެ. އެއީ އާއިލާ ތެރެއިންވެސް ތިބާއަށް ވާރުތަވެދާނެ ބަލިތަކެކެވެ. 

ހިތުގެ ބަލީގެ ބައެއް ޢަލާމާތްތައް 

• މޭގައި ރިއްސުން 

• ނޭވާލާން އުނދަގޫވެ ނޭވާ ކުރުވުން 

• އަތަށް ނުވަތަ ފަޔަށް ތަދުވުމާއި، ފިނިވެފައިހުރުމާއި އައްސިވެފައިހުރުމާއި ބާރުނެތިފައިހުރުން

• ކަރުގައާއި، ދަތްދޮޅީގައާއި، މަތީ ބަނޑުގައި ނުވަތަ ބުރަކަށީގައި ރިއްސުން 

ފަހަރުގައި ހާޓް އެޓޭކެއް ނުޖެހޭހާހިނދަކު ހިތުގެ ބައްޔެއްހުރިކަން ނޭންގިހުރެދާނެއެވެ. ވީމާ، ހިތުގެ ބަލިތަކުގެ ޢަލާމާތްތަކަށް ސަމާލުވެ، އެއިން އަލާމާތެއް ފެނިއްޖެކަމުގައިވާނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަށްދައްކާށެވެ. 

ހިތުގެ ބަލިޖެހުމުގެ ފުރުޞަތު ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް 

• ލޭގެ ޕްރެޝާރ ކޮންޓޮރޯލްކުރުން 

ލޭގެ ޕްރެޝާރ މަތިވުމަކީ ހިތުގެ ބަލިޖެހުމުގެ ފުރުޞަތު ވަރަށް ބޮޑަށް އިތުރުވާކަމެކެވެ. ލޭގެ ޕްރެޝާރ ރަނގަޅުވަރެއްގައި ދެމެހެއްޓުމަށްޓަކައި ކެއުމުގައި ސިއްހަތަށް ފައިދާހުރި ތަކެތި ބޭނުންކުރުމާއި ބަރުދަން ރަނގަޅު ވަރެއްގައި ބެއްހެއްޓުމަށް މަސައްކަތްކުރެވިދާނެއެވެ. އަދި ސިނގިރޭޓުބުއިމުން ދުރުހެލިވެ ކަސްރަތުކުރުން އާދަކުރާށެވެ.

• ކޮލެސްޓްރޯލް ލެވަލް ރަނގަޅުވަރެއްގައި ދެމެހެއްޓުން

ހަށިގަނޑުގައި ކޮލެސްޓްރޯލް ލެވަލް މާބޮޑަށް އިތުރުވެއްޖެނަމަ ލޭދައުރުކުރާ ލޭނާރުތައް ބެދި ހާޓް އެޓޭކް ޖެހުމަށް މަގުފަހިވާނެއެވެ. 

• ރަނގަޅު ބަރުދަނެއްގައި ހަށިގަނޑު ބެހެއްޓުން

• ސިއްހަތަށް ރަނގަޅު ކާނާ ކެއުން

• ސިނގިރޭޓު ބުއިމާ އެހެންވެސް ދުންފަތުގެ އިސްތިޢްމާލުކުރުމުން ދުރުހެލިވުން

• ގަވާއިދުން ކަސްރަތުކުރުން 

• މާބޮޑަށް ސްޓްރެސްނުވުން 

• ހަށިގަނޑުގައިވާ ހަކުރުގެ ލެވެލް ރަނގަޅުވަރެއްގައި ދެމެހެއްޓުން 

• ނިދިހަމަކުރުން

ރަނގަޅަށް ނުނިދާކަމުގައިވަނީނަމަ ލޭގެ ޕްރެޝަރާއި ހަކުރު ލެވަލް މަތިވުމާއި ފަލަބަލި (އޮބޭސިޓީ) ޖެހުމަށް މަގުފަހިވާނެއެވެ. ކޮންމެ ރެޔަކުވެސް 7 ގަޑިއިރާއި 9 ގަޑިއިރާ ދެމެދުގެ ނިދި ލިބޭތޯ މަސައްކަތްކުރަންވާނެއެވެ. ނުނިދޭނަމަ ޑޮކްޓަރެއްގެ ލަފާ ހޯދަންވާނެއެވެ.

މިއަދު އޮންލައިން