ތުރުކީގެ ރޯޔަލް ގާލާ އާފަލާ ކުކުޅާ ގެރިމަހުގެ އުފެއްދުންތައް އުފަންވެލި ޝޮޕްތަކުން ޚާއްޞަ އަގެއްގަ ވިއްކަން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ތުރުކީގެ ރޯޔަލް ގާލާ އާފަލާ ކުކުޅާ ގެރިމަހުގެ އުފެއްދުންތައް އުފަންވެލި ޝޮޕްތަކުން ޚާއްޞަ އަގެއްގަ ވިއްކަން ފަށައިފި

ރާއްޖެއަށް ތާޒާ ތަރުކާރީ އާއި މޭވާގެ ބާވަތްތަކާއި ކާބޯތަކެތީގެ ތަފާތު ބާވަތްތައް އެތެރެކޮށް ހެޔޮ އަގުގައި ވިއްކަމުން ގެންދާ އުފަންވެލި ޝޮޕްތަކުން ތުރުކީގެ ރޯޔަލް ގާލާ އާފަލާ ކުކުޅުގެ ތަފާތު ބާވަތްތަކާއި މަޑިހާ މަރުކާގެ ގެރިމަހުގެ އުފެއްދުންތައް ޚާއްޞަ އަގެއްގަ ވިއްކަން ފަށައިފި އެވެ. 

ކުކުޅެއް 34.98 އަށް ވިއްކާއިރު ޑްރަމްސްޓިކް ޕެކެޓެއް ވިއްކަނީ އެންމެ 42.40 އަށެވެ. ހަން ނޮޅާފައިހުރި ބޯންލަސް ޗިކަން 900 ގްރާމްގެ ޕެކެޓެއް ވިއްކަނީ އެންމެ 47.70 އަށެވެ. މީގެ އިތުރުން 500 ގްރާމްގެ ކުޜަނޑި ޓްރޭއެއް ވިއްކަނީ އެންމެ 26.50 އަށެވެ. 

އަލަށް އެތެރެކޮށްފައިވާ މަޑިހާ ބީފަކީ ހަން ނޮޅައި ށާފުކޮށްފައިވާ ވަރަށް ފެންވަރު ރަނގަޅު ގެރިމަހުގެ ބާވަތެކެވެ. 900 ގްރާމްގެ ޕެކެޓެއް ވިއްކަނީ އެންމެ 63.60 އަށެވެ. 450 ގްރާމްގެ މަޑިހާ މިންސް މީޓް ޕެކެޓެއް ވިއްކަނީ 42.40 އަށެވެ. 

ތުރުކީގެ ތުރުކީގެ ރޯޔަލް ގާލާ (ރަތް) އާފަލު އުފަންވެލި ޝޮޕްތަކުން ޚާއްޞަ އަގެއްގަ މިހާރުވެސް ގެންދަނީ ވިއްކަމުންނެވެ. ލިބެންހުރި ސައިޒުތަކުގެ ތެރޭގައި 100،120،135،150،163،175 ހިމެނޭއިރު ކޭހެއް ވިއްކަނީ އެންމެ -/430 ރުފިޔާއަށެވެ. ތުރުކީގެ ފެހި އާފަލް ކޭހެއްގެ އަގަކީ އެންމެ -/550 ރުފިޔާއަށެވެ.

މިއަދު އޮންލައިން