އެމްއޭސީއެލްގެ ވެރިއަކަސް އިނގިރޭސިއަކު ގެނައުމަށްފަހު ޕެންޝަން އޮފީހުގެ ވެރިއަކަށްވެސް އިނގިރޭސިއަކު ގެނެސްފިއެވެ. އެމްޑީޕީގ ކުރީގެ ވެރިކަމުގައި އެމްއެމްޕީއާރުސީ އާއި އައިޖީއެމް ހިންގަންވެސް އިނގިރޭސީން ގެނައިފަދައިންނެވެ.
"ތަޢުލީމީ ޤާބިލު ތަޖުރިބާހުރި ދިވެހި ޒުވާން ވިސްނުން ދޫކޮށް، ބޭރުގެ ފަރާތްތައް ރާއްޖޭގެ އިޤުތިޞާދީ މުއައްސަސާތަކަށް ޢައްޔަންކުރަމުންދާ ދިއުމާމެދު އަޖައިބުވަން. ދިވެހިންނަށް ކުރެވޭނެ. އެރަށެއްގެ މަގުތައް އެނގޭނީ އެރަށެއްގެ ބަޔަކަށް."
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
"މި ވަޒީފާ އަދާކުރެވޭނެ އެތަކެއް ދިވެހިންނެއް ތިބޭނެ"
- މެންބަރު ޢަލީ ޙުސައިން
"ދައުލަތުގެ މުއްސަދިކަން ކުޑައެއްނޫންތާ ގާއިމު ތިޔަމީހުންނަށް ލަގްޒަރީ އެކޮމެޑޭޝަނާއެކު ޑޮލަރުންމުސާރަދޭންޖެހޭނެ. ޑޮލަރުފޮއްޗެއް ޤައުމުގަ ހަރުލަފާަނެތީއުޅޭބައެއްހެންހީވަނީ. ހުރިހާކުންފުނިތަކަކަށް އިނގިރޭންސީގެނަސް މިއަޅަނީ."
- ޔާސިރު އަހްމަދު