ވެހިކަލްތަކުގެ އަހަރީ ފީ ދެއްކުން އޮންލައިންކޮށް އާ އިސްޓިކާއެއް ތައާރަފު ކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 43ސ
ވެހިކަލްތަކުގެ އަހަރީ ފީ ދެއްކުން އޮންލައިންކޮށް އާ އިސްޓިކާއެއް ތައާރަފު ކޮށްފި

ވެހިކަލްތަކުގެ އަހަރީ ފީ ދެއްކުން އޮންލައިންކޮށް އާ އިސްޓިކާއެއް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން  ތައާރަފު ކޮށްފިއެވެ.

1 ޖަނަވަރީ 2021 އިން ފެށިގެން އެއްގަމު އުޅަނދުގެ އަހަރީ ފީ އޮންލައިންކޮށް ދައްކާ ފަރާތްތަކަށް މީރާއިން ސްޓިކަރ ދޫކުރާނީ އީމޭލް މެދުވެރިކޮށް، އަމިއްލައަށް ޕްރިންޓްކުރެވޭނެ ގޮތަށެވެ.

މީރާއިން ބުނެފައިވަނީ  އާ އިސްޓިކާ ގައިވާ ކިއުއާރް ކޯޑް މެދުވެރިކޮށް ސްޓިކާގެ ސައްހަކަން ބެލޭނެ ކަމަށާއި އޭގެ ސަބަބުން ވެހިކަލް ފީ ދައްކައިފައިވާކަން އިދާރާތަކުން ބަލަން ފަސޭހަވާނެ ކަމަށެވެ.

މީގެއިތުރުން އެއްގަމު އުޅަނދުގެ އަހަރީ މީރާގެ ކައުންޓަރުތަކަށް ދައްކާ ފަރާތްތަކަށްވެސް 1 ޖަނަވަރީ 2021 އިން ފެށިގެން ޕްރިންޓް ކުރުމަށްފަހު ދޫކުރަން ހަމަޖެހިފައިވަނީ އާ އިސްޓިކާ ކަމަށް މީރާއިން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން