ކޮމަންވެލްތުގަ ރާއްޖެ އަލުން ބައިވެރިކުރުމުގެ ޖިޒީއަކަށް އިނގިރޭސީން ގެނެސް ބޮޑު މުސާރައިގަ އިސް މަޤާމުތަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ކޮމަންވެލްތުގަ ރާއްޖެ އަލުން ބައިވެރިކުރުމުގެ ޖިޒީއަކަށް އިނގިރޭސީން ގެނެސް ބޮޑު މުސާރައިގަ އިސް މަޤާމުތަކަށް!

ކޮމަންވެލްތުގައި އަލުން ބައިވެރިވެ އިނގިރޭސީންނަށް ކުރުނީސްކުރަން އަލުން ފެށުމަކީ ޤައުމަސް ލިބުނު ބޮޑު ކުރިއެރުމެއްކަމަށް ދެކެގެންތިއްބައި މިހާރު މިފެންނަނީ އެކަމުގެ ޖިޒީއެއްގެ ގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށްވުރެ މާބޮޑު މުސާރައިގައި އިނގިރޭސީން ގެނެސް ރައްޔިތުންގެ ފައިސާއިން ޚަރަދުކުރަމުން ގެންދާތަނެވެ.  

މިކަމަށް ރައްޔިތުން ސަމާލުވެ މިއަދު ޙަރަކާތްތެރިނުވެ، މިކަން ނުހުއްޓުވައި ތިބެއްޖެނަމަ ޤައުމުގެ އިޤްޠިޞާދު ދާނީ އިނދަޖެހިގެންނެވެ. އަޅައިނުލާ ރައްޔިތުން އަތް އުރާލައިގެން ތިބެއްޖެނަމަ ދެން ގެންނާނީ އެމްއެމްއޭއަށް ގަވަރުނަރުގެ މައްޗަށް ގަވަރުނަރަކާއި ފިނޭންސް މިނިސްޓަރުގެ މައްޗަށް ފިނޭންސް މިނިސްޓަރެކެވެ.  

ބޭންކިންގ ޑާއިރާއާއި އެއާޕޯޓް ހިންގުމާއި ޕެންޝަން ފަންޑު މެނޭޖްކުރުނަ ފަދަ މަޤާމުތައް ފުރޭނެ ޤާބިލު ދިވެހިން ތިއްބައި އެމީހުންނަށް ފުރުޞަތު ނުދީ އިނގިރޭސީންނަށް ޖިޒީއެއްގެ ގޮތުން މިދައްކަންފެށީ މާބޮޑު ޖިޒީއެކެވެ. ޖިޒީއަކީ އަދަދު ކަނޑައެޅިގެންވާ އެއްޗެކެވެ. މިހާރު ރާއްޖޭގެ އިޤްޠިޞާދާއި މާލީ އިދާރާތަކުގެ މައްޗަށް އެވެރިން ވެރިކުރުމުން ލިބޭނެ ގެއްލުން ޢަދަދުވެސް ނުކުރެވޭނެއެވެ. 

ބީއެމްއެލްގެ ސީއީއޯއަކަސް އިނގިރޭސިއަކުލުމުން ލިބުނު އެންމެ ބޮޑު ގެއްލުން މިއަދު ބިލިއަނުން ގުނަމުން އެމްއެމްޕީއާރުސީގެ ބޮޑުވައްކަމުގެ ވާހަކަތައް ދައްކަމުން މިކުރާ ކަންކަން ނިމޭނީ ހަމަ މާބޮޑު ޚިޔާނާތަކުން ނޫންކަން ޤަބޫލުކުރަން ހެޔޮނުވާނެއެވެ! ރައްޔިތުންނޭވެ! މިހިނގާ ކަންކަމަށް ހޭލުންތެރިވާށެވެ! ސަރުކާރުތަކާއި ވެރިން ބަދަލުވާނެއެވެ! ދަރައިވިކެމުންދާނީ ރައްޔިތުންނެވެ!

އަލަފްގެ ވިސްނުން

މިއަދު އޮންލައިން