ރާއްޖޭގެ ހުރިހާ ފަނޑިޔާރުން ކަނޑުވަމުން ދިއަ ޙާލަތުގައި ލައިފްޖެކެޓް އަޅުވައި ސަލާމަތްގޮށްދެއްވި "ކައްޕި" މުޖްތާޒްފަހުމީ އަވަހާރަވެއްޖެއެވެ.
"އަޅުގަނޑަށް ކުރެވުނު ކަމަކީ އެހެން ފަނޑިޔާރުން ކަނޑުވިޔަނުދީ ސަލާމަތްކުރުން. އަޅުގަނޑަށް ސަލާމަތް ނުވެވުނީ." މިއީ މުޖްތާޒް ފަހްމީ، އަޅުގަނޑުމެންގެ މަޝްހޫރު ނަމުންނަމަ "މުޖޭ" މއަދުނޫހަށް ދުވަސްކޮޅެއް ކުރިން ވިދާޅުވެފައިވާ ބަސްފުޅެވެ.
މުޖްތާޒު ފަހުމީ ކޮވިޑަށް ޕޮޒިޓިވްވިކަން އނގުނީ އާއިލާ އާއިއެކު ލ. އަތޮޅަށް ވަޑައިގެން ލ. ކުޑަފުށީގައި ކަރަންޓީނުގައި ހުންނަވަނިކޮށް ރޯގާގެ އަލާމާތް ފެނިގެން ކުރި ޓެސްޓުންނެވެ. ލ. ކޮވިޑު ފެސިލިޓީން މުޖްތާޒަށް ފަރުވާ ދެމުން ދަނިކޮށް ސިއްހީހާލުކޮޅު ދެރަވެގެން މާލެ ގެނެސް ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މުޖްތާޒު ފަހްމީ އަވަހާރަވެފައިވަނީ ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރު 2 ޖަހާކަށް ހާއިރުއެވެ.
ޝަރުއީ ދާއިރާއަށް 29 އަހަރަށްވުރެ ދިގުމުއްދަތެއްގައި ހިދްމަތް ކުރައްވާފައިވާ މުޖްތާޒް ފަހުމީ ރިޓަޔާ ކުރައްވާފައިވާ މުޖްތާޒް ފަހުމީ އެންމެ ދިގުމުއްދަތެއްގައި ޚިދުމަތްކުރައްވާފައިވަނީ މަދަނީ ކޯޓުގެ ޤާޟީ ކަމާއި އިސް ޤާޟީކަމުގައެވެ. އެއިގެފަހުންވަނީ މުޖުތާޒް ފަހުމީ ވަނީ ސްޕްރީމްކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފައެވެ. އެއީ 18 ސެޕްޓެމްބަރު 2008 އިން 10 އޮގަސްޓް 2010 އާ ހަމައަށް އޮތް އިންތިޤާލީ މަރުޙަލާގައެވެ.
މުޖުތާޒް ފަހުމީ އަވަހާރަވިއިރު އުމުރުފުޅަކީ 61 އަހަރެވެ.
މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢްމަތް މިންވަރުކުރެއްވެވުން އެދި ދުޢާކުރަމެވެ. ޢާއިލާއަށް ކެތްތެރިކަން ދެއްވެވުން އެދި ދުޢާކުރަމެވެ.