މާލެ ޢާއި ހުޅުމާލޭގައި ހުރި އުފަންވެލި ޝޮޕްތަކުން ޕާކިސްތާނުގެ ފޮނި ކނޫ މެންޑަރިން ވަރަށް ހެޔޮ އަގުގައި ވިއްކަން ފަށައިފިއެވެ.
ރީޓޭލްކޮށް ކިލޯއެއް 40 ރުފިޔާއަށް ވިއްކާއިރު 10 ކިލޯގެ ކޭސްވިއްކަނީ އެންމެ 33 ރުފިޔާގެ ރޭޓުން 330 ރުފިޔާއަށެވެ.

ކާބޯތަކެތީގެ ތަފާތު ބާވަތްތައް އެތެރެކޮށް އެންމެ ހެޔޮއަގުގައި ވިއްކަމުން ގެންދާ އުފަންވެލި ޝޮޕްތަކުން ތާޒާ ތަރުކާރީގެ ބާވަތްތަކާއި މޭވާގެ ތަފާތު ބާވަތްތަކުގެ އިތުރުން ކުކުޅާއި ގެރިމަހުގެ ތަފާތު ބާވަތްތަކާއި މުގު ފަދަ ތަކެތީގެ ތަފާތު ބާވަތްތައްވެސް ގެންދަނީ ވަރަށް ހެޔޮ އަގުގައި ވިއްކަމުންނެވެ.