ކަނޑިތީމު ފަޅުގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި ރޯވެއްޖެއެވެ.
މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ އަލިފާން ރޯވީ މިރޭ 10:45 ހާއިރު ފެޓްރޯލު އުފުލަން ބޭނުންކުރާ ލަކުޑި ދޯންޏެއްކަމަށެވެ. އެހެން ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އާންމުންނާއި ފުލުހުން ގުޅިގެން ދަނީ އެ ދޯނި ފަޅުތެރެއިން ބޭރުކުރުރުމުގެ މަސައްކަތް ކުރަމުންނެވެ.