ޢަޒީޒާ މިސްކިތުގަ މާރާމާރީ ހިންގި އިންޑިއާ މީހާ މިހިރީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ޢަޒީޒާ މިސްކިތުގަ މާރާމާރީ ހިންގި އިންޑިއާ މީހާ މިހިރީ!

ޚަބަރުގައިވާ ފޮޓޯއަކީ ހުޅުމާލޭ ޢަޒީޒާ މިސްކިތުގައި މިއަދު ނަމާދަށް ހުރި އުމުރުން ދުވަސްވީ ދިވެހިރައްޔަތަކަށް ހަމަލާދީ މިސްކިތުން ބޭރުކުރަންއުޅުނު އިންޑިއާ މީހާގެ ފޮޓޯކަމަށް މިއަދުނޫހަށް ލިބިފައިވާ ފޮޓޯއެކެވެ. 

ފާހަގަކުރަންޖެހޭ ކަމަކީ އިންޑިއާ މީހުން މަސްތުގެ ހާލަތުގައި މިސްކިތްތަކުގައި ހިންގާ ޢަމަލުތަކަށް ފިޔަވަޅު އެޅޭކަން ނުއެނގޭކަމެވެ. މާފަންނު ބޮޑުގޭގައި ހުންނަ ވަގުތީ މިސްކިތުގައި ޢަޞްރު ނަމާދުގެ ފަހު ރަކްޢަތް ކުރަނިކޮށް މަސްތުގެ ޙާލަތުގައި މިސްކިތަށް އަރި އަޑުގަދަކޮށް "ގޯޑް ގޯޑް" އޭ ކިޔައިގެން ބަނދިވަރު އެމުނީ މުސްލިމެއްވެސް ނޫނެވެ. ކާފިރެކެވެ. އޭނާވެސް ހަމަ ވަގުތުން ވަނީ ފުލުހުންނާއި ޙަވާލުކޮށްފައެވެ. އެޅި ފިޔަވަޅެއް މިއަދާއި ހަމައަށްވެސް އެނގޭކަށް ނެތެވެ.  

މިސްކިތްތަކަކީ ސަރުކާރުގެ ބެލުމުގެދަށުގައި ހުރިނަމަވެސް ބިންމަތީގައި ހުރި މާތް ﷲ ގެ ގެކޮޅުތަކެވެ. ގެކޮޅުތަކުގައި ނަމާދުކުރެވެން ނެތް ޙާލަތަށް ޤައުމުގައި އިންޑިއާ މީހުންގެ އުނދަގޫކުރުން ގޮސްފައިވާކަން އެއީ ކަންބޮޑުވާންޖެހޭ ކަމެއްކަން ގިނަބައަކު ޤަބޫލުކުރެއެވެ.

މިއަދު އޮންލައިން