ޙުކުމާއި އެއްގޮތަށް ދައްކަން ޖެހޭ އެކާވީސް މިލިއަން ރުފިޔާ ރެޑްވޭވް އަށް ނުދެއްކި މީހަކު ގޭބަންދު ކޮށްފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 50ސ
ޙުކުމާއި އެއްގޮތަށް ދައްކަން ޖެހޭ އެކާވީސް މިލިއަން ރުފިޔާ ރެޑްވޭވް އަށް ނުދެއްކި މީހަކު ގޭބަންދު ކޮށްފި

ރެޑްވޭވަށް 21،282،000 ފައިސާ ދައްކަން 2017 ވަނަ އަހަރު ސިވިލް ކޯޓުން ކުރި ޙުކުމާއި އެއްގޮތަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި މީހަކު ގޭބަންދު ކޮށްފިއެވެ.

ސ. ހިތަދޫ، ހިރުދުމާގެ އަހްމަދު ސާބިގު، ރެޑްވޭވް އަށް މިފައިސާ ނުދެއްކުމުން މިކަމާގުޅިގެން މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ، ދެ ފަރާތުގެ ބަހަށް ބަލާއިރު، ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާކަން ޝަރީއަތަށް ސާބިތުވާ ކަމަށާއި އަދި މިއީ ފައިސާ ނުދައްކައިގެން މި މައްސަލާގައި ފިޔަވަޅު އަޅާ ފުރަތަމަ ފަހަރު ކަމަށްވާތީ، ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުއާމަލާތްތަކުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދުގެ ދަށުން، އޭނާ އެއް މަސް ދުވަހަށް ގޭގައި ބަންދުކުރުމަށް ހުކުމް ކުރާ ކަމަށެވެ.

އަދި އެ ހުކުމަށް އިހްތިރާމް ކުރުމަށް އޭނާއަށް ވަނީ އަންގައިފަ އެވެ. ކޯޓުން އެގޮތަށް ހުކުމް ކުރީ އަހްމަދު ސާބިގުގެ ޣައިރު ހާޒިރުގަ އެވެ.

މިއަދު އޮންލައިން