ވީޑިއޯ: ޙަޤީޤީ އަންހެނުންނަކީ މިތިބީ- "ޢާއިލާއެކުގަ ގެއްލުނީތީ ކަންބޮޑެއް ނުވަން! އަހަރެންގެ ހުރިހާ ބެލެނިވެރިކަމެއް ވަނީ ﷲ އަށް!"

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ވީޑިއޯ: ޙަޤީޤީ އަންހެނުންނަކީ މިތިބީ- "ޢާއިލާއެކުގަ ގެއްލުނީތީ ކަންބޮޑެއް ނުވަން! އަހަރެންގެ ހުރިހާ ބެލެނިވެރިކަމެއް ވަނީ ﷲ އަށް!"

ވީޑިއޯގައި އެވާހަކަދައްކާ އަންހެންކުއްޖާއަކީ އޭނާ އިސްލާމްވުމުން ޢާއިލާއިން އޭނާ ދެކެންވެސް ބޭނުންނުވި އަންހެންކުއްޖެކެވެ. މައިންބަފައިންނާއި އަޚުންނާއި އުޚުތުންނާއި ޢާއިލާގެ އެންމެން ހމަ އެންމެ 2 ގަޑިއިރުގެތެރޭގައި ގެއްލިގެންދިއަ އަންހެން ކުއްޖެކެވެ. 

އޭނާގެ ބަސް އަޑުއައްސަވައިލައްވާށެވެ! "އަހަރެން މުޅި އުމުރުގައިވެސް ޢާއިލާމަތިން ހަނދާންކުރާނަމެވެ. މިއީ ﷲ ތަޢާލާ ކުރިމަތިކުރެއްވެވި އިމްތިޙާނެކެވެ. އަހަރެންގެ މައިންބަފައިންނަކީވެސް ބެލެނިވެރިއަކީވެސް މިއަދު ﷲ ތަޢާލާއެވެ. އަހަރެން މިހުރީ ހަމަ ހިތްހަމަޖެހިގެންނެވެ. އުފަލުގައެވެ. މައްސަލަތައް ކުރިމަތިކުރައްވަވާނީވެސް މައްސަލަތަކަށް ޙައްލުދެއްވަވާނީވެސް ﷲ ތަޢާލާއެވެ. ވީމާ އަހަރެން އެއްވެސް މިންވަރަކަށް ކަންބޮޑެއް ނުވަމެވެ." 

އޭނާއަކީ އަލަށް އިސްލާމްވި އަންހެންކުއްޖެކެވެ. އިސްލާމުންގެ ގޮތުގައި އިސްލާމް މަންމައެއްގެ ބަނޑޫން އުފަންވެފައިވާ އަޅުގަނޑުމެންގެ ކިބައިގައި މިފަދަ ހިތްވަރެއް އެބަހުރިތޯއެވެ؟ އަޅުގަނޑުމެންގެ ޢަޤީދާ ހުރީ ހަަމމިގޮތަށްތޯއެވެ؟

ގުޅުންހުރި ވީޑިއޯ!:

މިއަދު އޮންލައިން