ޢަޒީޒާ މިސްކިތުގަ މާރާމާރީ ހިންގި އިންޑިއާ މީހާ ޑީޕޯޓްކޮށްލަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 49ސ
ޢަޒީޒާ މިސްކިތުގަ މާރާމާރީ ހިންގި އިންޑިއާ މީހާ ޑީޕޯޓްކޮށްލަނީ!

ހުޅުމާލޭ ޢަޒީޒާ މިސްކިތުގައި މިއަދު ނަމާދަށް ހުރި އުމުރުން ދުވަސްވީ ދިވެހިރައްޔަތަކަށް ހަމަލާދީ މިސްކިތުން ބޭރުކުރަންއުޅުނު އިންޑިއާ މީހާ ޑީޕޯޓްކޮށްލަން ނިންމައިފިއެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ ހުޅުމާލޭ އަޒީޒާ މިސްކިތުގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިންކަމަށް ތުހުމަތުކުރެވިގެން ހައްޔަރުކުރި މީހާގެ މައްސަލައިގެ ތަހުގީގު ނިންމައި މިދިޔަ ހަފްތާގެ ތެރޭގައި ޕީޖީއަށް ފޮނުވާފައިވާކަމަށާއި އަދި އެމީހާ ޑީޕޯޓްކޮށްލުމަށް ޕީޖީއިން ނިންމުމާއި ގުޅިގެން އެމީހާ މިހާރު ވަނީ އިމިގްރޭޝަންއާ ހަވާލުކޮށްފައިކަމަށެވެ.

މިމީހާ އަށް ޖިނާއީ ދަޢުވާއެއް ނުކޮށް ޑީޕޯޓްކޮށްލަން ނިންމީ މައްސަލައިގެ ޒާތާއި ބާވަތަށާއި، ލިބިފައިވާ ގެއްލުމާއި، ތުހުމަތުކުރެވޭ މީހާގެ ކުށުގެ ރެކޯޑާއި، މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ރިޢާޔަތް ކުރިއިރު މި މައްސަލާގައި ޖިނާއީ ދަޢުވާއެއް ކުރުމަށްވުރެ މަސްލަޙަތު ބޮޑީ ތުހުމަތުކުރެވޭ މީހާ ޑީޕޯޓްކޮށްލުން ކަމަށް ފެންނާތީ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

 

 

މިއަދު އޮންލައިން