ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރ އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިޔަރސިޓީގެ ކުރީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެމަނިކުފާނުގެ ޢާއިލާ އާއިއެކު ދިރިއުޅުއްވުން ރާއްޖެއަށް ބަދަލުކުރައްވައިފިއެވެ. އަދި މިވަގުތު ހުންނެވީ ކަރަންޓީނުގައެވެ.
ވަރަށް އިތުބާރުހުރި ގޮތެއްގައި މިއަދުނޫހަށް މައުލޫމާތު ލިބިފައިވާގޮތުން އެމަނިކުފާނުގެ ޚިދުމަތްތައް ކުރިއަށް އޮތްތަނުގައިވެސް ފެނިގެންދާނީ ޢިލްމީ ދާއިރާއިންނެވެ. ރާއްޖެއަށް އެންމެ ފައިދާކުރާނެ ގޮތަށެވެ. އާމީން
ޑރ. ޝަހީމް މިހައިތަނަށް އަދާކުރެއްވި ކޮންމެ މަޤާމެއްގައިވެސް އެމަނިކުފާނުވަނީ ރާއްޖޭގެ ފަހުގެ ތާރީޚުގައި ފެނިފައިވާ އެންމެ ވަރުގަދަ "ހިންގުންތެރިޔާ"ކަން ސާބިތުކުރައްވައިދެއްވައިފައެވެ.
މިއަދުނޫހަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ޑރ. ޝަހީމަށް ހުރިހާ ގޮތަކުން ކާމިޔާބީއަށް އެދި ދުޢާކުރަމެވެ! އާމީން