ރޭގަނޑު 11 އިން ކާފިއު އިއުލާނުކޮށް އައްގަޑި ތިރީހުން އިން ފެށިގެން އުޅަނދު ދުއްވުން މަނާކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 50ސ
ރޭގަނޑު 11 އިން ކާފިއު އިއުލާނުކޮށް އައްގަޑި ތިރީހުން އިން ފެށިގެން އުޅަނދު ދުއްވުން މަނާކޮށްފި

ކޮރޯނާވައިރަސް ހަލުވިކަމާއެކު އަނެއްކާވެސް ރާއްޖޭގައި ފެތުރެމުންދާތީ ކޮންޓްރޯލު ކުރުމަށް އަޅާ ފިޔަވަޅުތައް ވަރުގަދަކޮށް ރޭގަނޑު 11 އިން ކާފިއު އިއުލާނުކޮށް 8:30 އިން ފެށިގެން އުޅަނދު ދުއްވުން މަނާކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ މާލެ ސަރަހައްދުގައި މާދަމާއިން ފެށިގެން ރޭގަނޑު 11:00 އިން 4:40 އަށް ކާފިއު އިއުލާނުކޮށްފައިވާކަމާއި މީގެ އިތުރުން މާލެ ސަރަހައްދުގައި ރޭގަނޑު 8:30 އިން ފެށިގެން ފަތިހު 4:30 އަށް އެއްގަމު އުޅަނދުތައް ދުއްވުން މަނާކޮށް ޕްރީސްކޫލްތަކާއި ގްރޫޕް ކަސްރަތުތަކާއި ކުޅިވަރު ހަރަކާތްތައް ވެސް ވަނީ މެދުކަނޑާލުމަށް އަންގާފައެވެ.

އެހެން ނަމަވެސް އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކަސްރަތު ކުރުމުގައި އެކުގައި ދިރިއުޅޭ މީހަކަށް ބައިވެރިވެވޭނެ ކަމަށާއި އެޗްޕީއޭއިން ކަނޑައަޅާ އުސޫލާ އެއްގޮތަށް ހުރިހާ ޖިމްތަކެއް ވެސް އެކަނި ކުރާ ކަސްރަތު ކުރެވޭނެ ގޮތަކަށް ބަދަލުކުރަން ވަނީ އަންގާފަ އެވެ.

މި ފިޔަވަޅުތައް އަޅާފައިވަނީ ދެހަފްތާގެ މުއްދަތަށެވެ.

މިއަދު އޮންލައިން