ރާއްޖޭގެ އެންމެ ބޮޑު އެއް ސުޕަރމާކެޓް، "ރެޑްވޭވް" ގެ 11 ފިހާރައިގައި 20 ނޮވެމްބަރ 2020 އިން 31 ޖެނުއަރީ 2021 ގެ ނިޔަލަށް ކުރިއަށްގެންދިޔަ "ރެޑްވޭވް އަހަރީ ބާޒާރު"ގެ ޕްރޮމޯޝަން ނިމި، ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފިއެވެ. ނޫސްވެރިންގެ ހާޒިރުގައި، ނަސީބުވެރިން ހޮވާފައިވަނީ ރެޑްވޭވް މެގަމޯލްގައި މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައެވެ.
މިޕްރޮމޯޝަންގައި ކަސްޓަމަރުންކުރި 300ރ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއްވަނީ ދޫކުރެވިފައެވެ. އެގޮތުން އެތައްހާސް ކޫޕަންގެ ތެރެއިން ރެޑްވޭވްގެ 5،000ރ ގެ އިނާމް ހައްޤުވާ 10 ފަރާތަކާއި 25،000ރ ލިބިގެންދާ ނަސީބުވެރި އެއްފަރާތެއްވަނީ ހޮވާފައެވެ. މި އިނާމް ލިބިގެންގޮސްފައިވަނީ ޒައީމާ މުހައްމަދު (ކޫޕަން ނަމްބަރ: 139803) އަށެވެ.
އަދި މީގެ އިތުރުންވެސް މިޕްރޮމޯޝަންގެ ތެރެއިން، ރެޑްވޭވް ފޭސްބުކްގައި ހަރަކާތްތެރިވި "ޓޮޕްފޭނުން"ގެ ތެރެއިން 5 ފަރާތެއްވަނީ ގުރުއަތުން ހޮވާފައެވެ. ރެޑްވޭވްގެ ބްރޭންޑްތަކުން 5 އިނާމް މިފަރާތްތަކަށް ލިބިގެންދާއިރު މިއިނާމްތަކުގެ ތެރޭގައި ހައިސެންސް 43 އިންޗި ޓީވީ، ޖީޕަސް ޑީޕް ފްރަޔަރ، ނިކާއީ ބްލެންޑަރ އަދި ނިކާއީ ޓީޕޮޓް އަދި ކެޓަލް ސެޓެއް ލިބޭގޮތަށްވަނީ ހަމަޖެހިފައެވެ. މިއީ ރެޑްވޭވްގެ ފޭސްބުކްގައި ޕޯސްޓްތައް ލައިކް އަދި ޝެއަރ ކޮށްގެން "ޓޮޕްފޭން" އަކަށްވެ، ކޮންމެ ބޭފުޅަކަށްވެސް ފަސޭހައި ހޯދި ދާނެ އިނާމެއް ކަމުގައި ރެޑްވޭވް އިން މައުލުމާތު ދެއްވައެވެ. އަދި މިފަދަ އިނާމްތައް ކުރިއަށްއޮތް ރެޑްވޭވް ރޯދަ ސޭލްގައިވެސް ދެމުންދާނެކަމުގައި ރެޑްވޭވުން މައުލުމާތު ދެއްވައެވެ.
ރެޑްވޭވްއިން މައުލޫމާތު ދެއްވާގޮތުގައި ރެޑްވޭވް މިހާރު ހިނގަމުންދާ ރެޑްވޭވް ރޯދަސޭލް ޕްރޮމޯޝަންވެގެންދާނީ އަހަރީ ބާޒާރަށްވުރެވެސް ފުރިހަމަ، ރޯދައަށް ހާއްސަ ކަސްޓަމަރުންނަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ވަރަށް ހެޔޮ އަގުގައި ލިއްބައިދޭނެ ޕްރޮމޯޝަނަކަށެވެ.
ރެޑްވޭވް އަހަރީ ބާޒާރު 2021ގެ ނަސީބުވެރިން
|
އިނާމް |
ކޫޕަން ނަމްބަރ |
ނަން |
# |
|
25،000 ރުފިޔާ |
139803 |
ޒައީމާ މުހައްމަދު |
1 |
|
5،000 ރުފިޔާ |
52942 |
މަރިޔަމް |
2 |
|
5،000 ރުފިޔާ |
41666 |
އަބްދުއްލާ ޖަމީލް |
3 |
|
5،000 ރުފިޔާ |
50582 |
މުހައްމަދު ހުސެން |
4 |
|
5،000 ރުފިޔާ |
006857 |
ފާތިމަތު ނަޝާ |
5 |
|
5،000 ރުފިޔާ |
57647 |
އެމް.ޑީ ސުޖާން މިއާ |
6 |
|
5،000 ރުފިޔާ |
121780 |
ކާމް |
7 |
|
5،000 ރުފިޔާ |
40048 |
މަރިޔަމް ނާލާ ނިޒާރް |
8 |
|
5،000 ރުފިޔާ |
006106 |
އަހްމަދު ރަޝީދު |
9 |
|
5،000 ރުފިޔާ |
08472 |
މުހައްމަދު އިބްރާހީމް |
10 |
|
5،000 ރުފިޔާ |
43507 |
އަދުހަމް |
11 |
|
ޖީޕަސް ޑީޕް ފްރަޔަރ |
"ފޭސްބުކް ޓޮޕްފޭން" |
"ލެވެން ކްރިސްޓަލް" |
12 |
|
ނިކާއީ ބްލެންޑަރ |
"ފޭސްބުކް ޓޮޕްފޭން" |
"އައިޝަތު ރިމާޝާ" |
13 |
|
ޖީޕަސް ޑީޕް ފްރަޔަރ 2ލީޓަރ |
"ފޭސްބުކް ޓޮޕްފޭން" |
"އައިމިނަތު ޝަރުފީނާ އަލީ" |
14 |
|
ނިކާއީ ޓީޕޮޓް އެންޑް ކެޓަލް ސެޓް |
"ފޭސްބުކް ޓޮޕްފޭން" |
"ސަމާ ޝޯނާ" |
15 |
|
44 އިންޗި ޓީވީ |
"ފޭސްބުކް ޓޮޕްފޭން" |
"ޔަޝާނާ" |
16 |