އަންނަ ހުކުރު ދުވަހުން ފެށިގެން ޚުޠުބާތައް މިހާރަށްވުރެވެސް ކުރުކުރަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
އަންނަ ހުކުރު ދުވަހުން ފެށިގެން ޚުޠުބާތައް މިހާރަށްވުރެވެސް ކުރުކުރަނީ!

އަންނަ ހުކުރު ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ މިސްކިތްތަކުގައިވެސް ކިޔާ ހުކުރު ޚުޠުބާ މިހާރަށްވުރެވެސް ކުރުކުރަން ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. 

ކުރިން ޢާންމުގޮތެއްގައި 15، 20 މިނިޓު އިރުގެ ޚުޠުބާ ކިޔަމުން އައިނަމަވެސް މިހާރުވެސްވަނީ ޚުޠުބާތައް ކުރުކޮށްފައެވެ. ގިނަ މިސްކިތްތަކުގައި 15، 20 މިނިޓުން ނަމާދާއިއެކު ނިންމައެވެ. 

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މިފަދަ ފިޔަޅެއް އަޅަނީ ރާއްޖޭގައި ކޮވިޑް 19 ފެތުރުން އިތުރުވެފައިވާތީ ރައްކައުތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. 

ފާއިތުވި ހަފްތާއަށް ބަލައިފިނަމަ ކޮންމެ ދުވަހަކު އިތުރަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 120 އަށްވުރެވެސް މަތީގައެވެ. 200 އަށްވެސް ވަނީ އަރައިފައެވެ. ކޮވިޑުގެ ނުރައްކައުތެރިކަން މިހައިވަރުވެގެންދާއިރުވެސް ޕީއެސްއެމުން ހުރިކަމަށްބުނާ "ކޮވިޑް ހުއްޓުވާ މީހާ" ގެ އެއްވެސް ޚަބަރެއް ނުވެއެވެ. "ކޮވިދް ހުއްޓުވާނީ އަހަރެން" ކަމަށްބުނެ ކޮވިޑަށް ބިރުދައްކަން ގޮށްމުށް ކެވި މީހާ ވަނީ ފިލައިފައެވެ.

މިއަދު އޮންލައިން