ޗައިނާއިން އިތުރު އެއްލައްކަ ޑޯޒްގެ ވެކްސިން ރާއްޖެއަށް ހަދިޔާކުރަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 37ސ
ޗައިނާއިން އިތުރު އެއްލައްކަ ޑޯޒްގެ ވެކްސިން ރާއްޖެއަށް ހަދިޔާކުރަނީ!

ޗައިނާއިން އިތުރު 100،000 ޑޯޒްގެ ވެކްސިން ރާއްޖެއަށް ހަދިޔާކުރުމަށް ނިންމައިފިއެވެ.

މިކަމާއި ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިތުރު 100،000 ޑޯޒްގެ ވެކްސިން ރާއްޖެއަށް ހަދިޔާކުރުމަށް ނިންމާފައިވާކަން ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް ހާމަކުރައްވާފައިވާ ކަމަށެވެ.

ޗައިނާ އިން މީގެކުރިން ވެސް ވަނީ 100،000 ޑޯޒްގެ ވެކްސިންގެ ހަދިޔާކުރުމަށް ނިންމާފައެވެ. ޗައިނާ އިން އުފައްދާފައިވަނީ ސައިނޯފާމް ވެކްސިނެވެ.

މީގެއިތުރުން ރާއްޖޭގެ ވެކްސިން ޕްރޮގްރާމަށް ޗައިނާ އިން ދެމުންދާ އެހީތެރިކަމަށް ޝާހިދު ވަނީ ޝުކުރު އަދާކޮށްފައެވެ. 

މިއަދު އޮންލައިން