ރޭގަނޑު އެދެއާޔަތް ކިޔެވުމުން ފުދުންތެރިކަން ލިބެނީ ކޮން ކަންކަމަކުންކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ރޭގަނޑު އެދެއާޔަތް ކިޔެވުމުން ފުދުންތެރިކަން ލިބެނީ ކޮން ކަންކަމަކުންކަން އެނގޭތަ؟

ގިނަ ބައަކަށް ފުދުންތެރިކަން މާނަކުރެވެނީ ތަނަސްކަމަށެވެ. އެހެންވެ ދަތިޙާލުގައި އުޅެންޖެހޭނަމަ ފުދުންތެރިކަން ނެތީކަމަށް ޤަބޫލުކުރެވެއެވެ. އެހެނަސް ފުންތެރިކަން ނުވަތަ ފުދިގެންވުމުގެ މާނަ މުޅިން ތަފާތެވެ. ޢިލްމްވެރިންގެ ބަސްފުޅުތަކުން އެނގޭ ގޮތުގައި ފައިސާގެ ގޮތުން ފުދުންތެރިވެވުމަކީ ޙަޤީޤީ ފުދުންތެރިކަމުގެ އެންމެ ދަށު ދަރަޖައެވެ.  

ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތާއިމެދު ދަންނާށެވެ!   

އަބޫ މަސްޢޫދު رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެވިއެވެ.

»الآيَتَانِ مِنْ آخِرِ سُورَةِ البَقَرَةِ، مَنْ قَرَأَهُمَا فِي لَيْلَةٍ كَفَتَاهُ« [رواه البخاري  (4008)، ومسلم (807)]

މާނައީ: "ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް، ރޭގަނޑެއްގައި ކިޔަވައިފިމީހާއަށް، އެކަން ފުދިގެން ވެއެވެ." 

މި ޙަދީޘްގެ ޝަރަޙައިގައި އިމާމް ނަވަވީ رحمه الله ވިދާޅުވެފައިވެއެވެ. 

"ބުނެވެއެވެ. ޙަދީޘްގައި (ފުދިގެންވުން) މުރާދަކީ ރޭ އަޅުކަމަށް ފުދިގެންވުމެވެ. އަދި އޭގެ މުރާދަކީ ޝައިޠާނާގެ ކިބައިން ފުދިގެންވުންކަމުގައިވެސް ބުނެވެއެވެ. އަދި ޢާފާތްތަކުން ފުދިގެންވުން ކަމުގައިވެސް ބުނެވެއެވެ. އަދި އެއީ ހުރިހާކަމަކުން ފުދިގެންވުންކަމުގައިވެސް ވެދާނެއެވެ."

 [شرح مسلم للنووي (6/ 92)]

 

- އަލްއަޚް ނަޡީމް ނިޡާމްގެ ލިޔުއްވުމަކުން

މިއަދު އޮންލައިން