ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚު އިސްމާޢީލް މުޙަައްމަދު އަވަހާރަވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚު އިސްމާޢީލް މުޙަައްމަދު އަވަހާރަވެއްޖެ

ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚު އިސްމާޢީލް މުޙަައްމަދު ރޭގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ. މއ. ތޮއިބާ، ޝެއިޚް މުޙައްމަދު އިސްމާޢީލަކީ ރާއްޖޭގެ އިސްލާމީ ތަޢުލީމާއި ތަރުބިޔަތަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި، ރާއްޖެ ދުށް އެންމެ ފާހަގަކޮށްލެވޭ ޢިލްމުވެރީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ޝެއިޚް މުޙައްމަދު އިސްމާޢީލަކީ ސައުދީ އަރަބިއްޔާގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީން ގްރެޖްއޭޓްވި އެންމެ ފުރަތަމަ ދިވެހި ދަރިވަރެވެ. ރާއްޖޭގައި މިއަދު ތިއްބެވި އެންމެ ފާހަގަކޮށްލެވޭ ގިނަ ދީނީ އިލްމުވެރީންނަކީ ޝެއިޚްގެ ވަރަށް ބޮޑު އެހީތެެރިކަމަކާއެކު މަތީ ތައުލީމު ހާސިލްކުރެއްވި ބޭފުޅުންކަން ފާހަގަކޮށްލެވެއެވެ.

ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ޝެއިޚް މުޙައްމަދު އިސްމާޢީލް ވަނީ ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ފަނޑިޔާރުކަން ވެސް ކުރައްވާފައެވެ.

ޝެއިޚް މުޙައްމަދު އިސްމާޢީލް ހިންގެވި މަޝްހޫރު ތޮއިބާ ސުކޫލަކީ އެމަނިކުފާނުގެ އަމިއްލަފުޅު މަސައްކަތްޕުޅުން އުފެއްދެވި ތަނެކެވެ. ނަމަވެސް، އޭރުގެ ދައުލަތުން ވަނީ އަސާސެއް ނެތް ތުހުމަތުތަކެއް ކުރުމަށްފަހު އެ ސުކޫލު ބަންދުކޮށްފައެވެ. އޭގެ ފަހުން ޝެއިޚްގެ އަމިއްލަފުޅު ބިން ވެސް ދައުލަތަށް ނެގިއިރު، މިހާރުގެ ތޮއިބާ މިސްކިތް ބިނާކޮށްފައިވަނީ އެ ބިމުގައެވެ.

ޝެއިޚް މުޙައްމަދު އިސްމާޢީލްގެ ޖަނާޒާ އޮންނާނީ މިއަދު މެންދުރު ނަމާދުގެ ފަހުން އިސްލާމީ މަރުކަޒުގައެވެ.

މިއަދު އޮންލައިން