މަނަދޫގައި އައިޔޫއެމްގެ ދާއިމީ ކެމްޕަހާއި ދަނާލު އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
މަނަދޫގައި އައިޔޫއެމްގެ ދާއިމީ ކެމްޕަހާއި ދަނާލު އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި

ނ. މަނަދޫގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގެ ދާއިމީ ކެމްޕަހަކާއި ދަނާލެއް އެޅުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. ޓްރަސްޓެންގ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ އަތޮޅުތެރޭގައި އެ ޔުނިވަރސިޓީން ގާއިމްކުރާ ފުރަތަމަ ދާއިމީ ކެމްޕަހެވެ.

މި މަޝްރޫއުގެ ދަށުން ޒަމާނީ ފެންވަރުގެ ކްލާސްރޫމްތަކާއި، ލައިބްރަރީއަކާއި، އިދާރީ އޮފީހުގެ އިތުރުން ދަރިވަރުންނާއި މުވައްޒަފުން ތިބުމަށް ހާއްސަ އެކަމަޑޭޝަން ބްލޮކްތައް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އައިޔޫއެމްއިން މައުލޫމާތުދޭ ގޮތުގައި މި މަޝްރޫއުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައި، ކިޔަވައިދިނުމުގެ ހިދުމަތް ބޭނުންކުރަން ފެށުމެވެ.

މި މަޝްރޫއަކީ މަތީ ތައުލީމު ހާސިލްކުރުމަށްޓަކައި ދަރިވަރުން މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ރަށުގައި ތިބެގެން ފެންވަރު ރަނގަޅު މަތީ ތައުލީމު އުގެނުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ މި މަޝްރޫއުގެ މައިގަނޑު އެއް މަގުސަދެވެ.

މަނަދޫގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިޔޫއެމްގެ އިތުރު 11 ކެމްޕަހެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް އެކި މަރުހަލާތަކުގައި މިހާރު ކުރިއަށްދާކަން އެ ޔުނިވަރސިޓީން ފާހަގަކުރެއެވެ. މިއީ އިސްލާމީ ތައުލީމާއި އެހެނިހެން ދާއިރާތަކުން މީހުން ބިނާކުރުމަށް މުޅި ރާއްޖެއަށް ފުޅާކޮށްލާ ބޮޑު މަޝްރޫއެކެވެ.

މިއަދު އޮންލައިން