ފިރިން އިޞްލާޙްކުރަން މަސައްކަތްކުރުމަކީ ނުކިޔަމަންތެރިވުމެއް ނޫން! ނަޞީޙަތް ދިނުމަކީ ޒުވާބުކުރުމެއްވެސް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ފިރިން އިޞްލާޙްކުރަން މަސައްކަތްކުރުމަކީ
ނުކިޔަމަންތެރިވުމެއް ނޫން! ނަޞީޙަތް ދިނުމަކީ ޒުވާބުކުރުމެއްވެސް ނޫން!


އަނބިމީހާގެ ކަންކަން އިޞްލާޙްކުރަން

މަސައްކަތްކުރުން ފިރިމީހާގެ މައްޗަށް ވާޖިބުވާފަދައިން ފިރިމީހާގެ ކިބައިގައި ހުންނަ ނުރަނގަޅު ކަންކަން އިޞްލާޙްކުރަން މަސައްކަތްކުރުމަކީ އަނބިމީހާގެ މައްޗަށް އޮތް ވާޖިބެކެވެ. ކުރަންޖެހޭނެ ކަމެކެވެ. އެއީ ނުކިޔަމަންތެރިވުމެއް ނޫނެވެ. އަދި ޒުވާބުކުރުމަކަށްވެސް ނުވާނެއެވެ.   

ހެޔޮލަފާ އަނބިން ދޫކޮށް ނުބައި އަންހެނުންގެ މަޅީގައި ފރިހެނުން ޖެހޭ އެންމެ ބޮޑު އެއް ސަބަބާއިމެދު ވިސްނައިލަމާ ހިނގާށެވެ.  

ހެޔޮލަފާ އަނބިންނަކީ ފިރިމީހާ ކުރާ ކޮންމެ ކަމަކަށް ރުހިގެން ބަސް ނުބުނެ ތިބޭނެ ބައެއް ނޫނެވެ. ނުބައިކަމެއް ކުރާނަމަ އެކަން ހުއްޓުވަން ވާހަކަދައްކާނެއެވެ. އެކަމަށް ދެކޮޅު ހަދާނެއެވެ. އެއީ ރަނގަޅު ކަމެއް ނޫންކަން ވިސްނައިދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެއެވެ.

ނުބައި އަންހެނުންގެ ވިސްނުން ތަފާތުވާނެއެވެ. އެމީހުންގެ ފިރިން ނުވަތަ ލޯބިވެރިޔާ ކިތަންމެ ބޮޑު ނުބައިކަމެއް ކުރިނަމަވެސް އަޅައިވެސްނުލާނެއެވެ. އެމީހުންނަށް ބޭނުންވާ ކަންކަން ފުރިހަމަވާނަމަ އެމީހުންނަށް ނިމުނީއެވެ. އެހެންވެ އަބަދުވެސް ތިބޭނީ ހިނިތުންވެގެންނެވެ.

ނަމަވެސް ފިރިމީހާ ނުވަތަ ލޯބިވެރިޔާ ނުބައި ޢަމަލުތައް ކުރާނަމަ ހެޔޮލަފާ އަނބިންގެ މޫނުމަތިން ނުރުހުންވުން ފެންނާނެއެވެ. އަދި އެކަނބަލުންނަށް ދެއްކެންހުރި ވަރަކަށް ޢަމަލުތަކުންވެސް އެކަން ފިރިންނަށް ދައްކާނެއެވެ.  

ފިރިން ނުރަނގަޅު ކަންކަން ކުރާނަމަ އެކަމަށް އަނބިން ރުހި ހިނިތުންވެގެން ތިބޭކަށް ނެތެވެ. އޮތީ ޤާބިލުކަން ހުރި މިންވަރުން ފިރިމީހާއަށް ވިސްނައިދީ ކަންކަން އިޞްލާޙްކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމެވެ. ވީމާ ފިރިމީހާއަށް ރަނގަޅު ގޮތް ވިސްނައިދޭން މަސައްކަތްކުރަންޖެހޭނެއެވެ. ކައިވެނީގެ އެންމެ ބޮޑުބޭނުމަކަށްވާންޖެހޭނީ ދެމީހުން އެކުގައި ސުވަރުގެވަނުން ކަމަސްވާތީއެވެ.   

މިވާހަކަކޮޅު މިބުނެލީ ބައެއް އަންހެނުންގެ ކިބައިން ލިބޭ ސުވާލަކަށް ޖަވާބު ދިނުމުގެ ގޮތުންނެވެ. "ފިރިމީހާ ނުރަނގަޅު ކަންކަން ކުރާނަމަ ނަޞޭޙަތް ދިނުން އަނބިންނަށް ހުއްދަވާނެތޯ؟" ކުރާސުވާލަށެވެ.

ޖަވާބަކީ އާނއެކެވެ! ހުއްދަވާނެއެވެ! ނަޞޭޙަތް ދޭށެވެ! ނުރަނގަޅު ކަންކަން، ޚާއްޞަކޮށް ބޮޑެތި ފާފަތައް ކުރުން ހުއްޓާނުލައިފިނަމަ އެމީހަކާއި ވަކިވުންވެސް ހުއްދަވާނެއެވެ. އިޞްލާޙްވެއްޖެނަމަ މާފުކޮށް އެކުގައި އުޅޭށެވެ.  

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން