އެދޭކަންކަން ހިންމަވައި ދެއްވެވުން އަވަސްވުމަށް އެދޭމީހާ ހީވާގިވެލައިމިޙަދީޘްފުޅަށް ޢަމަލުކުރާށެވެ! ކާމިޔާބުވުން ގާތްވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
އެދޭކަންކަން ހިންމަވައި ދެއްވެވުން އަވަސްވުމަށް އެދޭމީހާ ހީވާގިވެލައިމިޙަދީޘްފުޅަށް ޢަމަލުކުރާށެވެ! ކާމިޔާބުވުން ގާތްވާނެ! އިން ޝާ ﷲ


އެންމެ ގިނަ ބައެއްގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އަބަދުހެންވެފައި އޮންނަނީ އެމީހުން ކުރާ ދުޢާ ޢިޖާބަ ކުރެއްވެވުން ލަސްވުމެވެ. އެކަމުގެ ސަބަބުން ކަންކަމަށް ދަތިވުމެވެ. އެމީހުން ޙާޞިލްކުރަން ބޭނުންވާ ކަންކަން ޙާޞިލް ނުކުރެވި ލަސްވުމެވެ.

ދުޢާ ކުރުމަކީވެސް 24 ގަޑިއިރުގެ ކޮންމެ ވަގުތެއްގައިވެސް ކުރެވިދާނެ ކަމެކެވެ. ނަމަވެސް އެކަމަށްވެސް ޚާއްޞަ ކުރެވިގެންވާ ވަގުތުތަކެއްވެއެވެ. ޚާއްޞަ ވަގުތުތަކުގެ ތެރެއިންވެސް ޚާއްޞަކަން ބޮޑު ވަގުތެއް އެބައޮވެއެވެ.  

ފުރަތަމަ ކުޑަކުޑަ މިސާލެއް ބުނެލާނަމެވެ. ޕާޓީއަކަށް ދައުވަތުދޭން އެކަކު ކާޑު ފޮނުވީ ޕޯސްޓުންނެވެ. އަނެކަކު ކާޑުހިފައިގެން އަމިއްލައަށް އައީއެވެ. އެހެންކަމަށް ވެއްޖެނަމަ އެތަނުން ތިބާ އަހައްމިއްޔަތުކަން ނުވަތަ ސަމާލުތަންދޭނީ ކޮން ޕާޓީއަކަށްދާން ހެއްޔެވެ؟  

ދެން މި ޙަދީޘްފުޅަށް ވިސްނައިލާށެވެ! ތިބާއަށް ކަންކަން ބޭނުންވާނެކަން އެނގިވޮޑިގަންނަވާތީ ﷲ ތަޢާލާ ބިމުގެ އުޑަށް ކުއްތަންވެވޮޑިގަންނަވަނީއެވެ. އަދި އެ ވަޙީކުރައްވަވަނީ ތިބާ އެދޭ ކަންތަކުގެ ވާހަކައިން ދަންނަވާށެވެ! ޢިޖާބަކުރައްވަވައިދެއްވަވާހުށީމެވެ.

 

ރަސޫލާ ﷺ ޙަދީޘް ކުރެއްވެވިއެވެ.  

"ރޭގަނޑުގެ ފަހު ތިންބައަށް އެޅުމުން الله ތަޢާލާ ދުނިޔޭގެ އުޑަށް ފައިބައިވޮޑިގަންނަވާނެއެވެ. އަދި ވަޙީކުރައްވަވާނެއެވެ.. "ތިމަން اللهގެ ޙަޟްރަތަށް ދުޢާކުރަނީ ކާކުހެއްޔެވެ؟ އެމީހެއްގެ ދުޢާ އިޖާބަކޮށްދެއްވާނަމެވެ. ތިމަން اللهގެ ޙަޟްރަތަށް ކަމަކަށް އެދި ދަންނަވަނީ ކާކު ހެއްޔެވެ؟ އެމީހަކަށް އެކަމެއް ދެއްވާނަމެވެ. ތިމަން اللهގެ ޙަޟްރަތަށް ފާފަފުއްސެވުން އެދި ދަންނަވަނީ ކާކު ހެއްޔެވެ؟ އެމީހެއްގެ ފާފަ ފުއްސަވާ ދެއްވާނަމެވެ".

ވީމާ ދުޢާ ޢިޖާބަ ކުރެއްވެވުން ލަސްވެ ކަންބޮޑުވާ މީހުން ނިކަން އެމީހަކު މި ޙަދީޘްފުޅަށް އަމަލުކުރާވަރު އަނގައިލަދީބަލާށެވެ! ޙަދީޘްފުޅުގައިވާ ވަގުތުގައި ތިބާ ދެއަތް އުފުލައި ދުޢާކުރާތާ ކިހައި ދުވަހެއް ފާއިތުވެއްޖެކަން ނިކަން ކޮމެންޓަކުން ނަމަވެސް އަނގައިލަދީބަލާށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން