އިމާމް ޙަސަނުލްބަޞަރީ ވިދާޅުވެފައިވާ މި (ތިރީގައިވާ) ބަސްފުޅާއިމެދު ފުންކޮށް ވިސްނާލައިފިނަމަ ޢާޚިރަތަށް ބިރުވެތިވާ ކޮންމެ މީހަކަށްވެސް ކަރުނައެޅޭނެއެވެ.
އެއީ މީސްތަކުން މިއަދު ކަންކަންކުރާގޮތަށް ބަލާއިރު ގިނަބައަކު ހުރިހާ ސަމާލުކަމެއް ވެސް ދެނީ ދުނިޔޭގެ ދިރިއުޅުން ހޯދުމަށާއި މަތީޤާމާއި ތަނަވަސްކަން ހޯދުމަށް ކަމަށްވާތީއެވެ. އާޚިރަތްމަތިން ހަނދާންކޮށްދިންނަމަވެސް ފަހުން އެކަމާ ވާހަކަދައްކާނީ ކަމަށްބުނެ އަޑުއަހަންވެސް ބޭނުންނުވާތީއެވެ.
ހެޔޮވިސްނުމަކީވެސް ހޯދަން މަސައްކަތްކުރުމުން ދެއްވަވާއެއްޗެކެވެ. ކޮންމެ މީހަކަށްވެސް ވަނީ ވިސްނައި ފިކުރުކުރުމުގެ ބާރު ދެއްވަވައިފައެވެ. އެމީހަކު އެކަމަށް މަސައްކަތްކުރި ވަރަކަށް ހިންމަވައިދެއްވަވާނެތެވެ. އިން ޝާ ﷲ
ޙަސަނުލް ބަޞަރީ ރަޙިމަހުالله ވިދާޅުވެފައިވެއެވެ.
"އޭ އާދަމުގެ ދަރިޔާއެވެ! ތިބާގެ ދުނިޔޭގެ ދިރިއުޅުން ހޯދުމަށްޓަކައި އާޚިރަތުގެ ބާއްޖެވެރިކަން ދޫކޮށްނުލާށެވެ. އެގޮތަށް ކަންތަކޮށްފިނަމަ ދެދުނިޔޭގައިވެސް އަބާއްޖަވެރިއަކަށްވީއެވެ.
ނަމަވެސް ދުނިޔޭގެ އުފަލަށްވުރެ އާޚިރަތުގެ ބާއްޖެވެރިކަން އިސްކޮށްފިނަމަ ދެދުނިޔޭގައިވެސް ކާމިޔާބު މީހަކަށްވީއެވެ."
--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް