މިދެސިފަ ހުރިނަމަ އެއީ ތިބާދެކެ ޙަޤީޤީ ލޯބިވާ މީހެއް! ނަމަނަމަ ވަކިނުވާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
މިދެސިފަ ހުރިނަމަ އެއީ ތިބާދެކެ ޙަޤީޤީ ލޯބިވާ މީހެއް! ނަމަނަމަ ވަކިނުވާތި!

ޙަޤީޤީ ލޯބިވާ މީހުންނަކީ ކޮބައިކަން ދެނެގަނާނެ ގޮތަކާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ އެކަމަށް އެނގުން މުހިންމު ކަންކަމެވެ. އިން ޝާ ﷲ   

"ތިބާގެ ޙަޤީޤީ އަޚާއަކީ ތިބާއަށް ލިބެން އަންނަ އަނިޔާއިން ތިބާ ސަލާމަތް ކުރުމަށް އެމީހާގެ ނަފްސް ޤްރްބާންކުރަން ތައްޔާރަށް ހުންނަ މީހާއެވެ. އަދި ތިބާއަށް މުޞީބާތެއް ކުރިމަތިވެއްޖެނަމަ އެ މުޞީބާތުން ތިބާ ސަލާމަތްކުރަން މަސައްކަތް ކުރުމުން އެމީހަކަށް އަނިޔާ އާއި ގެއްލުން ލިބުނު ނަމަވެސް ތިބާ ސަލާމަތްކުރަން ކުރިމަތިލާމީހާއެވެ."

- ޢަލީގެފާނުގެ ބަސްފުޅެއްކަމަށް ބުނެވޭ ބަސްފުޅަކުން  

ތިބާއަށް މިފަދަ އަޚެއް ލިބިފައިވާނަމަ ނަމަނަމަ ދޫކޮށްނުލާށެވެ. އެފަދަ އަޚުންނަކީ މިހާރު ވަރަށް މަދުބައެކެވެ.  

ނިކަން ވިސްނައިލަބަލާށެވެ! ގިނަ އެކުވެރިން މިއަދު އަޚާގެ ނުވަތަ އުޚުތާގެ ދިރިއުޅުމުގެ ތެރެއަށް ވަދެގަންނަން ޖެހިލުމެއް ނުވެއެވެ. އެކުވެރިޔާގެ އަނބިމީހާ ނުވަތަ ފިރިމީހާ ދެކެ ލޯބިވެ ވަރިކުރުވަން ޖެހިލުމެއް ނުވެއެވެ.  

ގިނަ އެކުވެރިންނަކީ ދެމަފިރިންގެ މެދުގައި ކިތަންމެ ކުޑަނަމަވެސް މައްސަލައެއް ޖެހިއްޖެނަމަ އެކަމެއް އިންތިހާއަށް ބޮޑުކޮށްލައިގެންވެސް ނާޖާއިޒު ފައިދާ ނަގަން ބޭނުންވާ މީހުންނެވެ، ވީމާ މިއީ މިއަދު އެންމެންވެސް ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެއް ކަމަށް ޤަބޫލުކުރެވެއެވެ.  

މިހެން ބުނަން މިޖެހެނީ ދިރިއުލުމުގައި ކުރިމަތިވާ ގިނަ މައްސަލަތައް ކުރިމަތިވާން މެދުވެރިވާ ސަބަބަކަށް އެކުވެރިންކަމުގައި ތިމާއަށް ޤަބޫލުކުރެވި އެކުގައި ގެންގުޅެވޭ މީހުން ވެގެންދާތީއެވެ. މިއީ ސަމާލުކަންދީފިނަމަ ސަލާމަތްވެވެން އޮތް ކަމެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން