މިއީ ތިބާ ކޮންމެ ދުވަހަކުވެސް ކުރަން ވަރަށް ފައިދާހުރި ދުޢާއެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
މިއީ ތިބާ ކޮންމެ ދުވަހަކުވެސް ކުރަން ވަރަށް ފައިދާހުރި ދުޢާއެއް! އިން ޝާ ﷲ

ދުޢާކުރުމަކީވެސް އަޅުކަމެކެވެ. ފުޢާކުރުމަކީ ﷲ ތަޢާލާއާއި ތިމާ ގުޅުވާލަދޭ ފާލަމެކެވެ. ގިނަގިނައިން ދުޢާކުރާ އަޅުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. ދުޢާކުރުމަކީ އެދޭ ކަންކަން ޙާޞިލުވުމަށް އޮތް މަގެކެވެ.

ރިވެތި ޢިބާރާތްތަކުން ދުޢާކޮށް ތިމާގެ ހުރި ނިކަމެތިކަމާއި ﷲ ތަޢާލާގެ ޙަޟްރަތުން ތިމާ އެދޭކަންކަން ވީހާ ގިނައިން ހާމަކުރުމަށް މަސައްކަތްކުރާށެވެ! ވީމާ ކޮންމެ ދުވަހަކުވެސް ވީހާ ގިނައިން ރިވެތި ޢިބާރާތްތަކުން ދުޢާކުރަން މަސައްކަތްކުރަންވާނެއެވެ. 

"އަޅަމެން އަޅަމެންގެ އަމިއްލަ ނަފްސާއި އަނބިދަރިންނާއި މުދަލާއި ހުރިހައި އެއްޗަކަށްވުރެ ﷲ ތަޢާލާއަށާއި ރަސޫލް ﷺ އަށް ލޯބި ކުރަމުއެވެ.  

އިނބަ ﷲ ރުހިވޮޑިނުގަންނަވާ އެއްވެސް ކަމަށް މިއަޅާ ޝައުޤްވެރި ނުކުރައްވަވާނދޭވެ! އަދި ރުހިވޮޑިގަންނަވާ ހުރިހާ ކަމަކަށް މިއަޅާގެ ޝައުޤުވެރިކަން އިތުރުކުރައްވަވާނދޭވެ!  

އަޅަމެން ﷲ ގެ ހަޟްރަތުން އެދެނީ މިދުނިޔޭގައި ތިބިއިރު ރަސޫލް (ﷺ) ގެ ސުންނަތަށް ޢަމަލު ކުރުމުގެ ތައުފީޤް ދެއްވެވުމަށާއި މަރުވުމުން ކައްވަޅުގެ އަމާން ކަމަށާއި ޤިޔާމަތް ދުވަހު ރަސޫލް (ﷺ) ގެ ޝަފާއަތް ލިބޭ ބައެއް ކަމުގައި ލެއްވެވުމަށާއި އަދި ސުވަރުގޭގައި ރަސޫލް (ﷺ) އާއި އެންމެ އަރިއަހުގައި ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖައިގައި ލައްވަވައި ދެއްވެވުމަށެވެ." އާމީން

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން