ﷲ ގެ ޙަޟްރަތުގަ ޒީނަތްތެރިކަން އިތުރުވާނީ ގަހަނާޢަޅައި ޒީނަތްތެރިވެގެން ހަމައެކަނި ފިރިމީހާއަށް ދެކުމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ﷲ ގެ ޙަޟްރަތުގަ ޒީނަތްތެރިކަން އިތުރުވާނީ ގަހަނާޢަޅައި ޒީނަތްތެރިވެގެން ހަމައެކަނި ފިރިމީހާއަށް ދެކުމުން!

ގަހަނާއަޅައި ޒީނަތްތެރިވެގެން ހިލޭ ފިރިހެނުންގެ ކުރިމަތީގައި ނުއުޅުމުން ކުރާނެ އެންމެ ބޮޑު ފައިދާއަކީ އޭނާގެ ޒީނަތްތެރިކަން ﷲ ތަޢާލާގެ ޙަޟްރަތުގައި ބޮޑުވުމެވެ. މަތިވެރިވުމެވެ. ދަރަޖަ އުފުލިގެންދިއުމެވެ. އަންހެނެއްގެ ހަށިގަނޑު ފުރެންދެން ރަން އެލުވައިގެން އުޅުނަސް އެކަމަށް ﷲ ގެ ޙަޟްރަތުން ރަޙްމަތެއް ނުވާނަމަ އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟

ދީނުގައިވާމަގުން ކުރާ ކޮންމެ ކަމަކަށް ޘަވާބު ދެއްވަވައެވެ. ޚިލާށފުވުމުން ޢަޛާބު ދެއްވަވައެވެ. ބިރުވެތިވާންވީ އެކަމަށެވެ.  

ކަން އޮތްގޮތް:  

"އަންހެނުން ކަންފަތާއި ނޭފަތް ތޮރުފުން ހުއްދައެވެ. ނަމަވެސް ކައިވެނިކުރުމަށްފަހު ކަންފަތާއި ނޭފަތް ތޮރުފަންވާނީ ފިރިމީހާގެ ހުއްދަ ލިބިގެންނެވެ. އަނބިމީހާ ޒީނަތްތެރިވާންވާނީ ފިރިމީހާ ބޭނުންވާ ގޮތަކަށެވެ. ކައިވެނި ކުރުމުގެ ކުރިން ކަންފަތް އަދި ނޭފަތް ތޮރުފިނަމަވެސް ހިލޭ ފިރިހެނުންނަށް ފެންނަ ގޮތަށް (ގަހަނާ އެލުވާފައި) ބަހައްޓައިގެން ނުވާނެއެވެ."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  

ދިވެހިންގެ ތެރޭގައި ނޭފަތް ތޮރުފައި ގަހަނާ ލައްވާ އަންހެނުން ތަންކޮޅެއް މަދުނަމަވެސް ގިނަ އަންހެނުން ކަންފަތުގައި ގަހަނާ އެލުވައެވެ. ޑރ. އިޔާޟްގެ މިބަސްފުޅާއި ގުޅިގެން ފާހަގަކޮށްލަންޖެހޭ އެއްކަމަކީ ކަންފަތުގައި އަދި ނޭފަތުގައިވިޔަސް އަގުބޮޑު، ރީތި ގަހނާތައް އެލުވިނަމަވެސް ހިލޭ ފިރިހެނުންނަށް އެ އެއްޗެތި ދައްކައިގެން ނުވާނެ ކަމެވެ. ހިލޭ ފިރިހެނުންނަށް ފެންނަ ގޮތަށް ގަހަނާ އެލުވާފައި ބަހައްޓައިގެން ނުވާނެ ކަމެވެ.

މިއަދު އޮންލައިން