ތިބާގެ ޢަމަލުތަކުގެ ފަތްވަނީ ކޮންތަނެއްގައިކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 57ސ
ތިބާގެ ޢަމަލުތަކުގެ ފަތްވަނީ ކޮންތަނެއްގައިކަން އެނގޭތަ؟

ޢަބްދުއްލަޠީފް

 

ހަތަރުވަނަ سُؤَالُ 

سِجِّيْن ވަނީ ކޮންތާކުހޭ؟ އަދި عِلِّيُّوْن  ވަނީ ކޮންތާކުހޭ؟  

سِجِّيْن:    

كَلاَّ إِنَّ كِتَابَ الْفُجَّارِ لَفِي سِجِّينٍ (7)  وَمَا أَدْرَاكَ مَا سِجِّينٌ  (8) كِتَابٌ مَّرْقُومٌ  (9) وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ (10)  الَّذِينَ يُكَذِّبُونَ بِيَوْمِ الدِّينِ (11)  (1)

މި آية ތަކުގެ މާނައަކީ، (7) ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން ނުލަފާ كَافِرُ ންގެ عَمَلُ  ތަކުގެ ފަތްވަނީ سِجِّيْن ގައިކަން ކަށަވަރެވެ. (8) سِجِّيْن އަކީކޮން އެއްޗެއްކަން ކަލޭގެ ފާނަށް އަންގައިދިނީ ކޮން އެއްޗެއްތޯ އެވެ.؟ (9) އެއީ، ލިޔެވި ފާހަގަ ކުރެވިގެންވާ ފޮތެ ކެވެ. (10) ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާ ހަލާކު ހުއްޓެވެ. (11) އެމީހުންނަކީ قِيَامَة ދުވަސް ދޮގުކުރާ މީހުންނެވެ.  

________________________________

(1)               ބައްލަވާ: فتح البارى 3/184

(1)            سورة الطفّفين 

سِجِّيْن ގެ لَفْظِى  މާނައަކީ، ދަތި އުނދަގޫ ގޮތް ގޮތަށް ހައްޔަރު ކުރެވިފައިވާ ތަނެވެ.  

عِلِّيُّوْن : 

كَلاَّ إِنَّ كِتَابَ الأَبْرَارِ لَفِي عِلِّيِّينَ (18) وَمَا أَدْرَاكَ مَا عِلِّيُّونَ (19) كِتَابٌ مَّرْقُومٌ (20) يَشْهَدُهُ الْمُقَرَّبُونَ (21) (2) 

މި آية ތަކުގެ މާނައަކީ، (18) ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން ހެޔޮލަފާ މީހުންގެ عَمَلُ ތަކުގެ ފަތް ވަނީ عِلِّيُّوْن  ގައިކަން ކަށަވަރެވެ. (19) عِلِّيُّوْن  އަކީ ކޮން އެއްޗެއްކަން ކަލޭގެ ފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯ އެވެ؟ (20) (އެއީ) ލިޔެވި، ފާހަގަކުރެވި ގެންވާ ފޮތެކެވެ. (21) ކުއްތަން ކުރެވިގެންވާ مَلاَئِكَة ން އެފޮތް ދެކެވަޑައިގަންނަވާނެ އެވެ.

عِلِّيُّوْن ގެ لَفْظِى މާނައަކީ، މަތިވެރިކަން ލިބިފައިވާ އަދި މަތީގައިވާ ތަނެވެ.  


- އަލްއުސްތާޛް އާދަމްނަސީމު  ހ. ޕޫނަމް (ބިއޭ ނަސީމް) ލިޔުއްވާފައިވާ މަރުވުމަށްފަހު ވާނީ ކިހިނެއް! (ބަރުޒަޚްގެ ޢާލަމް) ފޮތުން-

 

 

މިއަދު އޮންލައިން