އެސްޓީއޯ ބޭސްފިހާރަތަކުގެ އިންވެންޓްރީގެ މަސައްކަތްތައް ކުރުމަށް ބަންދުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
އެސްޓީއޯ ބޭސްފިހާރަތަކުގެ އިންވެންޓްރީގެ މަސައްކަތްތައް ކުރުމަށް ބަންދުކުރަނީ

އެސްޓީއޯއިން ހިންގަމުންދިޔަ ބޭސްފިހާރަތަކުގެ އިންވެންޓްރީގެ މަސައްކަތްތައް ކުރުމަށް މިއަދުން ފެށިގެން ފާމަސީތައް ބަންދުވާނެކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެސްޓީއޯއިން ވިދާޅުވީ އެ ކުންފުނިން ހިންގަމުންދިޔަ ފާމަސީތައް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓް ފާމާ) އަށް ބަދަލުކުރުމަށްޓަކައި މިއަދުން ފެށިގެން ފާމަސީތައް ބަންދުވާނެކަމަށެވެ. އެގޮތުން މިމަހުގެ 25 އަދި 26 ވަނަ ދުވަހު އެ ފާމަސީތަކުގައި ހުރި އިންވެންޓްރީ ކައުންޓު ކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ފާމަސީތައް ބަންދުކުރި ނަމަވެސް، އެމަޖެންސީ ހާލަތްތަކުގައި ބޭސް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާނެކަމަށް އެސްޓީއޯއިން ވަނީ ވިދާޅުވެފައެވެ. މި މަސައްކަތްތައް ނިމުމުން، ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކޮށް ފޯރުކޮށްދިނުމުގެ އެންމެހާ މަސައްކަތްތައް ކުރިއަށްގެންދާނީ ސްޓޭޓް ފާމާއިންނެވެ.

އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ ބޭސްފިހާރަތައް އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސްޓޭޓް ފާމާގެ ދަށަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. މި ބަދަލުގެ ދަށުން ސްޓޭޓް ފާމާގެ ފުރަތަމަ ފާމަސީ މިހާރު ވަނީ އައިޖީއެމްއެޗްގައި ހުޅުވާފައެވެ.

ސްޓޭޓް ފާމާއިން ވިދާޅުވި ގޮތުގައި، ބޭސްފިހާރަތަކާ ހަވާލުވާއިރު ސްޓޮކް ހުރި މިންވަރު ދެނެގަނެވޭނެ ފަދަ ސިސްޓަމް އިންސްޓޮލޭޝަންގެ މަސައްކަތްތައް ޖުލައި މަހުގެ ކުރިއަށް ނިންމާލެވޭނެއެވެ. މިއީ ދައުލަތުގެ ބޭސް

މިއަދު އޮންލައިން