އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ކީރިތި ޤުރުއާން ހިތުދަސްކުރައްވައި ޙާފިޡުކަމުގެ ސަނަދު ޙާސިލްކުރި، އަލްޙާފިޡާ ފާޠިމަތު ބިންތު މުޙައްމަދު ފަރީޝްއާއި ބައްދަލުކުރައްވައިފިއެވެ.
މިއަދު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ އަލްހާފިޡާ ފާޠިމަތު ބިންތު މުޙައްމަދު ފަރީޝް ހޯއްދެވި ފުރިހަމަ ކާމިޔާބީއަށް މަރުޙަބާ ދަންނަވާ ކީރިތި ޤުރުއާނުގެ ރޮނގުން ކުރިއަށް ދިއުމަށް ހިތްވަރު ދެއްވަވާފައެވެ.
އުމުރުން 16 އަހަރުގެ އަލްޙާފިޡާ ފާޠިމަތު ބިންތު މުޙައްމަދު ފަރީޝް، ޙާފިޡުކަމުގެ ސަނަދު ޙާސިލްކުރީ 16 ޖޫން 2026 ގައެވެ. ޙާފިޡްކަމުގެ ސަނަދު ޙާސިލްކޮށްފައިވަނީ އެއް ވަނަ ދަރަޖައިގައި ފާސްވެގެންނެވެ.