ތަފާތު ޕާޓީތަކުން ވާދަކުރެއްވި ނަމަވެސް އިންތިޚާބުވެވަޑައިގަންނަވާ ހިސާބުން ފެށިގެން ހަމަހަމަކަމާއި އިޚްލާސްތެރިކަމާއެކު ޚިދުމަތްކުރެއްވުމަށް ރައީސް އިލްތިމާސްކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ތަފާތު ޕާޓީތަކުން ވާދަކުރެއްވި ނަމަވެސް އިންތިޚާބުވެވަޑައިގަންނަވާ ހިސާބުން ފެށިގެން ހަމަހަމަކަމާއި އިޚްލާސްތެރިކަމާއެކު ޚިދުމަތްކުރެއްވުމަށް ރައީސް އިލްތިމާސްކުރައްވައިފި

ތަފާތު ޕާޓީތަކުން ވާދަކުރެއްވި ނަމަވެސް އިންތިޚާބުވެވަޑައިގަންނަވާ ހިސާބުން ފެށިގެން، ހުރިހާ ރައްޔިތުންނަށް، ހަމަހަމަގޮތެއްގައި، އިޚްލާސްތެރިކަމާއެކު ޚިދުމަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން އިލްތިމާސްކުރެއްވީ، ސިލްސިލާ ޕޮޑްކާސްޓް "ނޭޝަން ޗެޓް"ގެ 2 ވަނަ އެޕިސޯޑްގައި މިރޭ ވާހަކަފުޅުދައްކަވަމުންނެވެ.

އިންތިޚާބުތަކުގައި އެކިއެކި ޕާޓީތަކުން ވާދަކުރައްވާ، އިދިކޮޅު ފަރާތްތަކުން މަޤާމުތަކަށް ހޮވިވަޑައިގަންނަވާ ހިސާބުން އެކި ކަހަލަ ހަމަނުޖެހުންތައް ހިންގާ، ރައްޔިތުންނަށް ފައިދާވާ ކަންކަމުން ރައްޔިތުން ދުރުހެލިކުރަން މަގުތައް ބަންދުކުރުމުގެ މަސައްކަތް ކުރާތީ ފެނިވަޑައިގަންނަވާ ކަމަށާ، ނަމަވެސް ޤައުމުގެ ކަންކަން ރަނގަޅުމަގަކުން ދާނީ އެކަން ބަދަލުވެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަމުގައި އޮތީ ހުރިހާ ފަރާތްތަކަކުންވެސް އިޚްލާސްތެރިވުންކަމަށާ، އެ ބަދަލު ފެނިގެންދާނީ އިދިކޮޅުގައި ތިއްބެވި ފަރާތްތަކުންވެސް އިޚްލާސްތެރިވެވަޑައިގަތުމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްޤީއަށްޓަކައި އަދުގެ ސަރުކާރުން ހިންގަވާ އެންމެ ބޮޑު އެއް މަޝްރޫޢު ކަމުގައިވާ މޯލްޑިވްސް 2.0 އަށް އިދިކޮޅު ފަރާތްތަކުން އަމާޒުކުރަމުންދާ ތުހުމަތުތަކާ ގުޅިގެން، މިރޭގެ އެޕިސޯޑްގައި ކުރިމަތިކުރި ސުވާލުތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަވާބުދެއްވާފައެވެ. ދިވެހިރާއްޖޭގައި ޑިޖިޓަލް އިޤްތިޞާދު ފުޅާކުރެއްވުމަށް، ވަށާޖެހޭ ސިޔާސަތުތަކެއްގެ ތެރެއިން އަޅުއްވާ އެކިއެކި ފިޔަވަޅުތަކަށްވެސް ތަފްސީލީ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭގެ އެޕިސޯޑްގައި އަލިއަޅުވާލައްވާފައެވެ.

މިއަދު އޮންލައިން