ކުދި ވިޔަފާރިތަކަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި މޫ: ބީސީސީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ކުދި ވިޔަފާރިތަކަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި މޫ: ބީސީސީ

ކުދި ވިޔަފާރިތަކަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި މޫ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒިޔާއު މުޙައްމަދު ވިދާޅުވެއްޖެއެވެ. ޒިޔާއު މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ޒިޔާއު ވިދާޅުވީ ކުދި ވިޔަފާރިތަކުގެ އުފެއްދުންތެރިކަމުގެ ސަބަބުން ރަށްތައް ކުރިއެރުމުގެ އިތުރުން، ޤައުމުގެ އިޤްތިޞާދު ވަރުގަދަވެ، މުޖުތަމައުތަކަށް ބޮޑު ދިރުމެއް އަންނަ ކަމަށެވެ. މީގެ އިތުރުން ކުދި ވިޔަފާރިތަކަކީ ރާއްޖޭގެ އިޤްތިޞާދީ އޮނިގަނޑުގެ އެންމެ މުހިންމު އެއް ބަހާކަން އޭނާ ފާހަގަކުރެއްވިއެވެ.

ވަޒީފާގެ ފުރުޞަތުތައް ފަހިކުރުމާއި، އައު އީޖާދުތައް އުފެއްދުމަށް މަގުފަހިކުރުމުގައި ކުދި ވިޔަފާރިތަކުން އަދާކުރާ ދައުރަށް ޒިޔާއު ވަނީ ތައުރީފު ކުރައްވާފައެވެ. އަދި ރާއްޖޭގައި ދެމެހެއްޓެނިވި އިޤްތިޞާދީ ތަރައްޤީއެއް ޤާއިމްކުރުމުގައި މިފަދަ ވިޔަފާރިތަކުން ކުރަމުންދާ މަސައްކަތްތަކަކީ ނުހަނު ބޭނުންތެރި މަސައްކަތްތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ޒިޔާއު އިތުރަށް ވިދާޅުވީ، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވެދީ، އެ ފަރާތްތައް ބާރުވެރިކުރުވުމަށް ބީސީސީން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެފަދަ ވިޔަފާރިތަކަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމުގައި ބީސީސީ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ވެސް ޒިޔާއު ވަނީ ދެއްވާފައެވެ.

މިއަދު އޮންލައިން