މިއަހަރުގެ އަޟްޙާ ޢީދު ދީނީ އިމުގެ ތެރެއިން ފާހަގަކުރި 11 ފަރާތަކަށް ޖަމްޢިއްޔަތުއްސަލަފުން އިނާމު ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
މިއަހަރުގެ އަޟްޙާ ޢީދު ދީނީ އިމުގެ ތެރެއިން ފާހަގަކުރި 11 ފަރާތަކަށް ޖަމްޢިއްޔަތުއްސަލަފުން އިނާމު ދީފި

މިއަހަރުގެ އަޟްޙާ ޢީދު ދީނީ އިމުގެ ތެރެއިން ފާހަގަކުރި 11 ފަރާތަކަށް ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ޚާއްޞަ އިނާމުތަކެއް ދީފިއެވެ. މިއީ "ޢީދު އިމުގެ ތެރޭގައި" މި ނަމުގައި އެ ޖަމްޢިއްޔާއިން ދޭން ފެށި އިނާމު ދިން ދެވަނަ ފަހަރެވެ.

މި އިނާމު ލިބުނު ފަރާތްތަކުގެ ތެރޭގައި ރަށު ކައުންސިލްތަކާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިތުރުން ޢީދު އޯގަނައިޒިންގ ކޮމިޓީތައް ހިމެނެއެވެ. އިނާމު ލިބުނު ކައުންސިލްތަކުގެ ތެރޭގައި އދ. މާމިގިލި ކައުންސިލް، ލ. މާވަށް ކައުންސިލް، އއ. ހިމަންދޫ ކައުންސިލް، ރ. ކިނޮޅަސް ކައުންސިލް އަދި މ. ދިއްގަރު ކައުންސިލް ހިމެނެއެވެ.

މީގެ އިތުރުން ޖަމްޢިއްޔަތުލް ޤަލަމް، ޖަމްޢިއްޔަތު ރިސާލާ، އަލްބައްޔިނާ، ސ. މަރަދޫ ޢީދު އޯގަނައިޒިންގ ކޮމިޓީ، އަލްމާނާރު ޖަމިއްޔާ އަދި ފޭދޫ އަވަށު އޮފީހުގެ އިތުރުން ބ. ހިތާދޫ އިރުމަތީ އަވަށަށް ވެސް ވަނީ މި އިނާމު ދީފައެވެ. ޖަމްޢިއްޔަތުއްސަލަފުން މަޢުލޫމާތު ދޭ ގޮތުގައި މިފަހަރުގެ އިނާމަށް ޖުމްލަ 15 ފަރާތަކުން ކުރިމަތިލާފައިވެއެވެ.

މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ޢީދު ފާހަގަކުރުމުގައި ދީނީ ހަމަތަކާއި ފުށުއަރާ ކަންކަން ހުއްޓުވައި، އިސްލާމީ އުޞޫލުތަކުގެ ތެރެއިން ޢީދު ފާހަގަކުރުމަށް ހިތްވަރުދީ، ދީނީ ހޭލުންތެރިކަން އިތުރުކުރުމެވެ.

މިއަދު އޮންލައިން