ދެމަފިރިންގެ މެދުގަ މައްސަލައެއް ޖެހޭއިރަށް އެއްދާންކުރުން ހުއްޓާލައި ދުރުގަ ތިބޭނަމަ ޢުމުރުކުރުވާ ސަބަބުތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ދެމަފިރިންގެ މެދުގަ މައްސަލައެއް ޖެހޭއިރަށް އެއްދާންކުރުން ހުއްޓާލައި ދުރުގަ ތިބޭނަމަ ޢުމުރުކުރުވާ ސަބަބުތައް-

ދެމަފިރިން އެއްދާން ކުރުމަކީ ޢުމުރުގައި މިންއަޅައިދޭ ކަމަކަށްނުވިޔަސް އެއްދާން ނުކުރާނަމަ ޢުމުރުކުރުވާ ސަބަބުތަކެއް އެބަހުއްޓެވެ. އެއީ ޞިއްޙަތާއި ގުޅިފައިވާ ސަބަބުތަކެކެވެ.  

ރަނގަޅަށް އަޑުއަހާށެވެ! ދެމަފިރިން އެމީހުންނަށް އެކަން ބޭނުންވުމުން، އަދި އެކަކު ބޭނުންވެގެން ނަމަވެސް އެއްދާންކުރާނަމަ ހަށިގަނޑުގައި ދުޅަ އުފައްދުވާ ހޯމޯންތައް މަދުވެގެންދެއެވެ. ހިތުގެ ހިނގުން ރަނގަޅުވެއެވެ. ނަތީޖާއެއްގެ ގޮތުން ގިނަ ބަލިތައް ޖެހުމުން އުފުލަންޖެހޭ އުނދަގޫތައް މަދުވެގެންދެއެވެ. ހަމަ އެއާއިއެކު ޖެހޭ ގިނަ އިންފެކްޝަންތައް ޖެހުމުން ސަލާމަތްކޮށްދެއެވެ.  

ހަމައެއާއިއެކު އިންސާނާއަށް އެންމެ މުހިންމުވާ އެއްކަންތައްކަމަށްވެފައި އޮންނަ ނިންޖަށްބަލާށެވެ. ފަސޭހައިން ނިދެއެވެ. ގިނައިރު އަރާމުގައި ނިދަން އޮވެއެވެ. އެކަމުގެ ސަބަބުން ޞިއްޙަތަށް ދުޅަހެޔޮކަން ލިބި މަސައްކަތްކޮށް ޙަރަކާތްތެރިވެ އުޅެން ބޭނުންވާ ހަކަތަ ލިބިގެންދެއެވެ. ހަމައެއާއެކު ހާސްވުމާ ކަންބޮޑުވުންތައް ދުރުކޮށްދެއެވެ. އެކަމުގެ ސަބަބުން އެންޒައިޓީގެ މައްސަލަތައް ކުޑަވެގެންދެއެވެ.  

ވީމާ ދެމަފިރިން އެއްދާންކުރަންވީ އެކަމުން ލިބޭ އުފާވެރިކަން ލިބިގަތުމަށް އެކަންޏެއް ނޫނެވެ. ތިމާގެ ޞިއްޙަތަށް މިބުނި ފައިދާތައް ކުރާތީއެވެ. އެކަމުގެ ސަބަބުން ބަލިތަކާއި މިބުނި ކަންކަމުން ސަލާމަތްވެ ހުރެވޭތީއެވެ.  

އަހުރެން ވަރަށް ގިނައިން މިވާހަކަތައް ދައްކަމެވެ. ތަފާތު ޓީވީ ޕްރޮގްރާމްތަކުގައިވެސް ވާނީ ދެއްކިފައެވެ. އެކަންކުރާ އެންމެ ބޮޑު ބޭނުމަކީ ކައިވެނި އުފާވެރިކަންމަތީގައި ދަމަހައްޓަންވެސް ބޮޑުބާރަކަށްވާތީއެވެ. ކައިވެނި ރޫޅުމުން ކުރިމަތިވާ މައްސަލަތައް މަދުކުރެވެން އޮތީ ކައިވެނި ރޫޅުން މަދުކުރެވިގެންކަމަށްވާތީއެވެ.  

ވީމާ ޚުލާޞާކޮށްލާނަމަ ގުޅިފައިމިވަނީ އެންމެ ކަމަކަށް ނޫނެވެ. ބަލިތަކުން ސަލާމަތްވެ ހުރެވުމުގެ އިތުރަށް އިޖުތިމާޢީ އެންމެ ބޮޑު މައްސަލަ ކަމަށްވާ ކައިވެނީގެ މައްސަލަތަކުގެ ޙައްލުވެސް މިއޮތީ މިކަމާއި ގުޅި ލާމެހިފައެވެ.  

- ޑރ. ކީޒާން ހެރިސަން  

- މިއަދުނޫސް

މިއަދު އޮންލައިން