މީސެލްސް ރުބެއްލާ އެމްއާރް ވެކްސިން ޑޯޒާއި ސިއްޙީ ބައެއް ސާމާނު ޔުނިސެފުން ރާއްޖެއަށް ހަދިޔާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
މީސެލްސް ރުބެއްލާ އެމްއާރް ވެކްސިން ޑޯޒާއި ސިއްޙީ ބައެއް ސާމާނު ޔުނިސެފުން ރާއްޖެއަށް ހަދިޔާކޮށްފި

ޔުނައިޓެޑް ނޭޝަންސް އިންޓަރނޭޝަނަލް ޗިލްޑްރަންސް އެމަޖެންސީ ފަންޑް (ޔުނިސެފް) އިން ރާއްޖެއަށް 28,000 މީސެލްސް ރުބެއްލާ (އެމްއާރް) ވެކްސިން ޑޯޒާއި ސިއްޙީ ބައެއް ސާމާނު މިއަދު ހަދިޔާކޮށްފިއެވެ. މި ތަކެތި ހަދިޔާކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު އޮތީ މިއަދު ޞިއްޙީ ވުޒާރާގައެވެ.

މި އެހީއާ ގުޅިގެން ޞިއްޙީ ވުޒާރާއިން ބުނެފައިވަނީ، ޔުނިސެފް މޯލްޑިވްސްގެ ފަރާތުން ލިބުނު މި ދީލަތި އެހީގެ ސަބަބުން ރާއްޖޭގެ ގައުމީ ވެކްސިން ޕްރޮގްރާމް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ. އަދި މިއީ މުޖުތަމައުގެ ސިއްޙީ ރައްކާތެރިކަން ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ވުޒާރާއިން ފާހަގަކުރެއެވެ.

"މިއަދު ޞިއްޙީ ވުޒާރާއިން ރަސްމީކޮށް މިވަނީ ޔުނިސެފް މޯލްޑިވްސްގެ ފަރާތުން ހަދިޔާކުރި އެމްއާރް ވެކްސިން އަދި ސިއްޙީ ސާމާނުތަކާ ހަވާލުވެފައި. މި އެހީގެ ސަބަބުން އަޅުގަނޑުމެންގެ ގައުމީ ވެކްސިން ދިނުމުގެ މަސައްކަތްތައް ހަރުދަނާވެ، މުޖުތަމައުގެ ސިއްޙީ ރައްކާތެރިކަން ކަށަވަރުވެގެންދާނެ،" ޞިއްޙީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

މިފަދަ އެހީތަކަކީ ރާއްޖޭގައި ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބޭ ބޮޑު ކުރިއެރުމެކެވެ. ޚާއްސަކޮށް ކުޑަކުދިންނަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ސްޓޮކް އިތުރުވުމަކީ ސިއްޙީ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް ލިބޭ ބާރެކެވެ.

މިއަދު އޮންލައިން