ތާޒާތަރުކާރީއާއި މޭވާ އަދި ބޭނުންތެރި ގިނަބާވަތްތަކެއް އަގުހެޔޮކޮށް ލިބޭނެ ޚާއްސަ ޕްރޮމޯޝަނެއް އުފަންވެލި ޝޮޕްތަކުން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 55ސ
ތާޒާތަރުކާރީއާއި މޭވާ އަދި ބޭނުންތެރި ގިނަބާވަތްތަކެއް އަގުހެޔޮކޮށް ލިބޭނެ ޚާއްސަ ޕްރޮމޯޝަނެއް އުފަންވެލި ޝޮޕްތަކުން ފަށައިފި

ތާޒާ ތަރުކާރީ އާއި މޭވާ އަދި ކާބޯތަކެތީގެ ގިނަ ބާވަތްތައް ތާޒާކަމާއެކު އަދި ހެޔޮ އަގުގައި ފޯރިދެމުން އަންނަ ޚާއްސަ އެއްފަރާތް ކަމަށްވާ މަޑިހާ ކޮމްޕެނީން ހިންގާ އުފަންވެލި ފިހާރަތަކުގައި ކުރިއަށްގެންދާ ތިން ދުވަހުގެ ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ. 

ufanveli

މިއަދު ، ޖުލައި 9 2026 އިން 11 ޖުލައި 2026 ގެ ނިޔަލަށް ކުރިޔަށް ގެންދާ ޕްރޮމޯޝަން ގައި އުފަންވެލި ފިހާރަތަކުން ވިއްކާ ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް ވަރަށް އަގުހެޔޮކޮން ލިބޭނެ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ. މިގޮތުން އަގުހެޔޮކޮން ލިބޭނެ ތަކެތީގެ ތެރޭގައި:  

- ތާޒާ އޮރންޖް 

- ތާޒާ އާފަލު

- ސްނޭހާ ބްރޭންޑްގެ ޗިކަން ޕްރޮދަކްޓްސް 

- ފިޔާ  

- އަލުވި

- ތާޒާމޭވާގެ ގިނަ ބާވަތްތަކެއް 

- ތަފާތު ތާޒާ ތަރުކާރީ

- އިތުރުއެތައް މުހިންމު ގްރޯސަރީގެ ބާވަތްތައް ހިމެނެއެވެ.  

މަޑިހާ ކޮމްޕެނީން ބުނެފައިވާ ގޮތުގައި މި ޕްރޮމޯޝަން އަކީ ގޭތެރޭގައި އާންމުކޮން ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތައް ހެޔޮއަގެއްގައި ފޯރުކޮށް ދިނުމަށް ކުރާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ ޕްރޮމޯޝަން އެކެވެ.

ufanveli

ކުންފުނީގެ އިސްވެރިއަކު ފާހަގަ ކުރައްވާފައިވާ ގޮތުގައި އެކުންފުނިން އަބަދުވެސް އެންމެ އިސްކަން ދެނީ އެމީހުންގެ ކަސްޓަމަރުންނަށެވެ. އަދި ކޮލިޓީ ބާވަތްތައް ހެޔޮ އަގެއްގައި ފޯރު ކޮށް ދިނުމަށް މެދުނުކެނޑި ކުންފުނިން މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރައްވާފައިވެއެވެ.އަދި ޕްރޮމޯޝަން ގެ ފައިދާ ނެންގެވުމަށް ވީހާވެސްގިނަ ފަރާތްތަކަކުން އުފަންވެލި ފިހާރަތަކަށް ޒިޔާރަތް ކުރެއްވުމަށް ދައުވަތު ދެއްވާކަމަށްވެސް ވިދާޅުވެފައި ވެއެވެ. 

ތާޒާ މޭވާއާއި ތަރުކާރީ އަދި ޕްރީމިއަމް އެއްގަމު މަހުގެ ބާވަތްތަކުގެ އިތުރުން ގަނޑުކުރި ބާވަތްތައް ފޯރުކޮށްދެވޭކަމުގެ އިތުބާރު،ފާއިތުވި އަހަރުތަކުގައި ކުރެވުނު މަސައްކަތުން ހޯދިފައިވާ ކަމަށް ކުންފުނިން ބުނެއެވެ. އަދި މާލޭގެ އިތުރުން ހުޅުމާލޭގައިވެސް ފިހާރަތަކެއް ހުރުމުން ދިރިއުޅޭ ތަނަކާ ކައިރިން މިތަކެތި ދަނީ ފޯރުކޮށްދެވެމުންކަމަށް ބުނެފައި ވެއެވެ.

ޖުލްއި  9ން 11 އަށް އޮންނަ ޕްރޮމޯޝަންގެ ތެރޭގައި އުފަންވެލީގެ ކޮންމެވެސް އެއްފިހާރަޔަކަށް ޒިޔާރަތް ކޮށްލާ ސްޓޮކް ހުސްނުވަނީސް ބާޒާރު ކޮށްލައި ފައިދާ ތަޖުރިބާކޮށްލަން އެދޭކަމަށްވެސް މަޑިހާ ކުންފުނިން ބުނެފައި ވެއެވެ.

މިއަދު އޮންލައިން