އާދަކޮށް ރޭއަޅުކަންކުރަން މަސައްކަތްކުރާއިރުވެސް ނުހޭލެވިއްޖެނަމަ ދެން ހެދޭނީ ކޮންގޮތެއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
އާދަކޮށް ރޭއަޅުކަންކުރަން މަސައްކަތްކުރާއިރުވެސް ނުހޭލެވިއްޖެނަމަ ދެން ހެދޭނީ ކޮންގޮތެއްތޯ؟

އާދަކޮށް ކޮންމެ ފރެއަކު ރޭއަޅުކަންކުރަން މަސައްކަތްކުރާއިރުވެސް ނުހޭލެވިއްޖެނަމަ ދެން ހެދޭނީ ކޮންގޮތެއްތޯ؟ ގިނަ ބައަކު ސުވާލުކުރެއެވެ.  

ފުރަތަމަ ކަމަކީ އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރުމެވެ. އަވަހަށް ނިދުމާއި ނިދުމުގެކުރިން ކިޔަންޖެހޭ ޛިކުރުތައް ކިޔައިގެން ނިދުމެވެ. ނިދުމުގެ ކުރިން އާޔަތުލްކުރުސި ކިޔަން ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. އެއީ ޝައިޠޯނާގެ ކިބައިން ސަލާމަތްކަން ލިބިގަތުމަށެވެ.  

ހަމަ އެއާއިއެކު ކެއުމުގެ އަދަބުތަކަށް ސަމާލުކަންދޭންވާނެއެވެ. ބަނޑުފުރެންދެން ކައިގެން ނިދުމަކީ ވަރުބަލިކަން ލިބުމުގެ އިތުރަށް ނިދިގަދަވާ ސަބަބެކެވެ. ވީމާ ކެއުމަށްވެސް ސަމާލުކަންދޭންވާނެއެވެ. ހަމައެއާއިއެކު ސޯނާކުރަން ހަނދާންބަހައްޓަންވާނެއެވެ.  

މިގޮތަށް ސަމާލުކަންދޭންޖެހޭ ކަންކަމަށް ސަމާލުކަންދީގެން ނިދުމުންވެސް ނުހޭލެވޭނަމަ ޢިލްމްވެރިން ވިދާޅުވަނީ އެއީ ފާފަތަކުގެ ސަބަބުން ކަމަށްވެދާނެ ކަމަށެވެ. ވީމާ ފާފަތަކަށް ތައުބާވެ ފާފަނުކުރަން މަސައްކަތްކުރާށެވެ.  

ދެން މިބުނަނީ އެންމެ އުފާވެރި ޚަބަރެވެ. މިބުނި ފަދައިން ހުރިހާ ކަންކަން ފުރިހަމަކޮށްގެން ނިދުމުންވެސް ނުހޭލެވިއްޖެނަމަ ކަންބޮޑުނުވާށެވެ. އެއީ ﷲ ތަޢާލާ ތިބާއަށް ދެއްވެވި ނިންޖެކެވެ. އެކަމަށް ކަންބޮޑުނުވެ ހެނދުނު ޟުޙާނަމާދުކުރުމަށް ސަމާލުކަންދޭށެވެ. ޞުޙާ ނަމާދުގައި ވީހާ ގިނަ ރަކްޢަތްކުރަން މަސައްކަތްކުރާށެވެ. އެމީހަކަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ  

ހަމައެއާއެކު ބުނެލަން އޮތީ ކުރަންޖެހޭ މަސައްކަތްކޮށްގެން ނިދުމުންވެސް ބައެއް ރޭރޭ ނުހޭލެވޭނަމަ މާޔޫސްވެ ރޭއަޅުކަންކުރުމާއި ދުރުނުވާށެވެ. ތިބާކުރާ މަސައްކަތް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. އަނެއްރޭވެސް ހޭލަން މަސައްކަތްކުރާށެވެ. ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން