އަދުލު އިންސާފު ގާއިމުކުރާތަން މިއަދު ފެނޭ، މަގުމަތި އަމާންވެއްޖެ، ރައްޔިތުން ތިބީ ހަމަޖެހިގެން: އަބްދުއްރަހީމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
އަދުލު އިންސާފު ގާއިމުކުރާތަން މިއަދު ފެނޭ، މަގުމަތި އަމާންވެއްޖެ، ރައްޔިތުން ތިބީ ހަމަޖެހިގެން: އަބްދުއްރަހީމް

މި ގައުމުގައި އަދުލު އިންސާފު ގާއިމުކުރާތަން މިއަދު ފެންނަމުންދާ ކަމަށާއި، މަގުމަތި އަމާންވެ ރައްޔިތުން ތިބީ ހަމަޖެހިގެން ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރޭ މާލޭގައި ކުރިއަށްދިޔަ ކޮންގްރެސް ޕާޓީގެ ފޯރިގަދަ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވަނީ ސަރުކާރުގެ ސިޔާސަތުތަކަށާއި ގައުމުގެ މިހާރުގެ ހާލަތަށް އަލިއަޅުއްވާލައްވާފައެވެ. ސިޔާސީ ވާދަވެރިންނަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، ތިމާއަށް ތިމާ ފެނިގެން އުޅޭ މީހުންނަކަށް ރާއްޖޭގެ ވެރިކަމެއް ނުކުރެއްވޭނެ ކަމަށެވެ. އަދި ރާއްޖޭގައި ވެރިކަން ކުރެވޭނީ ރައްޔިތުންނާ އެއްފެންވަރެއްގައި އުޅެން ދަންނަ މީހުންނަށް ކަމަށާއި، އެގޮތަށް ވެރިކަން ކުރައްވާ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ ވެރިކަމުގައި ގައުމަށް ގެންނަވަމުންދާ ހެޔޮ ބަދަލުތައް ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، "އެހެންވެގެންނޭ އަޅުގަނޑު މިބުނަނީ މި ގައުމުގައި އަދުލު އިންސާފު ގާއިމުކުރާތަން މިއަދު ފެނެއޭ، މަގުމަތި އަމާންވެއްޖެއޭ، ރައްޔިތުން ތިބީ ހަމަޖެހިގެންނޭ، ތަރައްގީއަކީ ހަމައެކަނި ބުރިޖެއް ނޫން، ހަގީގީ ތަރައްގީއަކީ ހަރުދަނާ އިންސާނީ މުޖުތަމައެއް ބިނާކުރުން، އެމަސައްކަތް ކުރަމުން މި ދަނީ، ފަސް އަހަރެއް ނުނިމެއޭ، އަދި ނެތޭ ފާޑުކިޔޭކަށް ޖާގައެއް، އަޅުގަނޑުމެންގެ ސަރުކާރުން ނެގި ދަރަންޏެއް ނޫނޭ ދެއްކީކީ،" ކަމަށެވެ.

ރޭ މާލޭގައި ކުރިއަށްދިޔަ ކޮންގްރެސް ޕާޓީގެ ފޯރި ގަދަ ޖަގަހަ ޖަލްސާގައި ވަނީ ގިނައަދަދެއްގެ މީހުންބައިވެރިވެފައެވެ.


މިއަދު އޮންލައިން