ގާސިމް އިބްރާހީމް ގެ ޝުކުރު ފުލުހުންނާއި ސިފައިންނަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
 ގާސިމް އިބްރާހީމް ގެ ޝުކުރު ފުލުހުންނާއި ސިފައިންނަށް!
ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން ނިންމެވި ގޮތް ދިވެހި ފުލުހުން ނާއި ސިފައިން ދަމަހައްޓާނެ ކަމަށް ހާމަކުރުމުން ފުލުހުންނާއި ސިފައިންނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ޝުކުރު އަދާކުރައްވައިފިއެވެ.

ގާސިމް އިބްރާހީމް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިފައިންނަކީ ގައުމާއި ރައްޔިތުންގެ ސަލާމަތަށް އޮތް އެންމެ ބާރުގަދަ މުއައްސަސާ ކަމަށެވެ. އެހެންކަމުން ސާބިތުކަމާއެކީ ރައްޔިތުންގެ ނިންމުން ދަމަހައްޓަން އެމްއެންޑީއެފުން ނިންމާފައިވާތީ އެމްއެންޑީއެފުގެ ޗީފް އޮފް ޑިފެންސް ފޯސްއަށާއި އޮފިސަރުންނަށް އަދި އެންމެހާ ސިފައިންނަށް ޝުކުރު އަދާކޮށް މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި ރައްޔިތުންގެ ނިންމުން ދަމަހައްޓާނެކަން ހާމަކުރީތީ އެކްޓިން ޕޮލިސް ކޮމިޝަނަރަށާއި އޮފިސަރުންނަށާއި އެންމެހާ ފުލުހުންނަށް ޝުކުރު އަދާކުރައްވައި މަރުހަބާ ވިދާޅުވާ ކަމަށެވެ. ފުލުހުންގެ އެންމެ އިސް ވާޖިބަކީ ގައުމުގެ އަމަންއަމާންކަން ބެލެހެއްޓުމާއި ގާނޫނުގެ ވެރިކަން އަދި ގާނޫނު ދެމެހެއްޓުން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.







މިއަދު އޮންލައިން