އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުޅުމާލެއިން 400 ގޯތި ވިއްކަން ފޯމް ދޫކުރަން މިއަދު ހަވީރު ފަށަނީ

ހުޅުމާލެއިން 400 ގޯތި ވިއްކަން ފޯމް ދޫކުރަން މިއަދު ހަވީރު ފަށަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 47 ސިކުންތު

ހުޅުމާލެއިން 400 ގޯތި ގަންނަން ބޭނުންވާ ފަރާތްތަކަށް ފޯމް ދޫކުރުމާއި ފޯމް ބަލައިގަތުން މިއަދު ހަވީރު 4.00 އިން ފެށިގެން ކުރިއަށް ގެންދަން ނިންމައިފިއެވެ.

ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވީ މިއަދު ފޯމު ދޫކޮށް ބަލައިގަންނަން ފަށަނީ އޭސީސީގެ ހުއްދަ ލިބިގެން ކަމަށެވެ. އަދި އޭސީސީ އިން ހުއްޓުވުމުން މިކަމަށް ކުރިން ކަނޑައެޅި މުއްދަތުން 1 ދުވަސް ގެއްލިފައިވާތީ ފޯމު ބލައިގަތުން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ.

ޑރ. މުޢިޢްޒު ވިދާޅުވީ ގޯތި ލިބޭނީ ޝަރުޠު ހަމަވާ އެންމެން ބައިވެރިކޮށްގެން ލެވޭ ގުރުއަތަކުން ހޮވޭ 400 މީހަކަށް ކަމަށެވެ. އަދި ޝަރުޠު ހަމަނުވާ ބައަކު ހޮވިދާނެ ކަމަށްޓަކައި 100 ނަމްބަރު އިތުރަށް ގުރުވަތު ނަގާނެ ކަމަށެވެ.

ހިޔާ މަޝްރޫޢުގެދަށުން 2 ކޮޓަރީގެ ފްލެޓްލިބޭ މީހުންގެ ލިސްޓް ގެޒެޓްކުރަން މިއަދުފަށާފައިވާ ކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް