ސިއްރުހެއްކާބެހޭގޮތުން ރައީސް މައުމޫން ކުރެއްވި ޓްވީޓް ޑިލީޓް ކުރައްވައިފި!

ކިޔުމަށް ހޭދަވާނީ 43ސ
ސިއްރުހެއްކާބެހޭގޮތުން ރައީސް މައުމޫން ކުރެއްވި ޓްވީޓް ޑިލީޓް ކުރައްވައިފި!
ސިއްރުހެކިބަހާއި އިސްލާމީ ޝަރީއަތަށް އަލިއަޅުވާލާ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ރޭ ކުރެއްވި ޓްވީޓު ޑިލީޓު ކުރައްވައިފިއެވެ.

ރައީސް މައުމޫންގެ ރޭގެ ވަޤުތެއްގައި ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ، ސިއްރު ހެކި ބަހަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އެއްޗެއް ނޫން ކަމަށެވެ. އަދި، ޤުރުއާނާއި، ސުންނަތާއި އިމާމުންގެ ބަސްފުޅުތަކުގައި ވެސް ސިއްރު ހެކިންގެ ވާހަކަ ނެތް ކަމަށް އެމަނިކުފާނުގެ ޓްވީޓުގައި ވިދާޅުވެފައި ވިއެވެ.

ޓްވިޓް ޑިލީޓް ކުރެއްވި ސަބަބެއް އަދި ޔަޤީންވެފައި ނުވެއެވެ. ނަމަވެސް، ރައީސް މައުމޫން އެގޮތަށް ޓްވީޓް ކުރެވުމުން، ގިނަބަޔަކު ދިޔައީ އެމަނިކުފާނުގެ ޓްވީޓަށް ފާޑު ކިޔަމުންނެވެ. ފަހަރުގައި ޓްވީޓް ޑިލީޓްކޮށްފައި ވަނީ މިސަބަބަށްޓަކައި ކަމަށްވެސް ވެދާނެއެވެ.
މިއަދު އޮންލައިން