އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމީ ޝަރީޢަތަށް ޙުކުމް ކުރަން ބޭނުން ނުވާ މީހުންނަށް ވާގިވެރިވެ އެހީތެރިވުމަކީ ޙަރާމް ކަމެކެވެ!

އިސްލާމީ ޝަރީޢަތަށް ޙުކުމް ކުރަން ބޭނުން ނުވާ މީހުންނަށް ވާގިވެރިވެ އެހީތެރިވުމަކީ ޙަރާމް ކަމެކެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 10 މިނެޓް, 8 ސިކުންތު

އިސްލާމީ ވެރިކަމުގެ ނިޒާމުގައި ޤަޢުމުގެ ވަލިއްޔުލްއަމްރުގެ މަޤާމަށް އެކަމަށް ޝަރުތުފުރިހަމަނޫންކަން ޔަޤީންކަމާއިއެކު ދެނެތިބެ އޭނާގެ ފަހަތުގައި ތިބެ ވާގިވެރިވެ، ވޯޓުދިނުމުގެ ޙުކުމަކީކޮބއިތޯ؟

(އެފަދަމީހަކީ އިސްލާމީ ޝަރީޢަތް ޤާއިމްކުރުމަށް މަސައްކަތްނުކުރާނެ މީހެއްކަންވެސް އެނގޭ ތަޖުރިބާގެ އަލީގައިވެސް ) 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد: 

މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ އިސްލާމީ ޝަރީޢަތް ތަންފީޛު ކުރެވޭނެ ގޮތެއް ހޯދުމެވެ. އަދި އިސްލާމީ ޝަރީޢަތް ތަންފީޛު ކުރުމަށް ގޮވާލާ ޕާޓީގެ ބޭފުޅުންގެ އަތުގައި ހިފާ އެބައިމީހުންނަށް ވާގިވެރިވެ އެހީތެރިވުމެވެ. އަދި އިސްލާމީ ޝަރީޢަތަށް ޙުކުމް ކުރަން ބޭނުން ނުވާ މީހުންނަށް ވާގިވެރިވެ އެހީތެރިވުމަކީ ޙަރާމް ކަމެކެވެ. 

ސޫރަތުލް މާއިދާގެ 49 އަދި 50 ގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

(وَأَنِ احْكُم بَيْنَهُم بِمَا أَنزَلَ اللَّـهُ وَلَا تَتَّبِعْ أَهْوَاءَهُمْ وَاحْذَرْ‌هُمْ أَن يَفْتِنُوكَ عَن بَعْضِ مَا أَنزَلَ اللَّـهُ إِلَيْكَ ۖ فَإِن تَوَلَّوْا فَاعْلَمْ أَنَّمَا يُرِ‌يدُ اللَّـهُ أَن يُصِيبَهُم بِبَعْضِ ذُنُوبِهِمْ ۗ وَإِنَّ كَثِيرً‌ا مِّنَ النَّاسِ لَفَاسِقُونَ ﴿٤٩أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ ۚ وَمَنْ أَحْسَنُ مِنَ اللَّـهِ حُكْمًا لِّقَوْمٍ يُوقِنُونَ ﴿٥٠)

މާނައަކީ: " އަދި اللَّه ބާވައިލައްވާފައިވާ حكمން އެއުރެންގެ މެދުގައި ކަލޭގެފާނު حكمކުރައްވާށެވެ! އަދި އެއުރެންގެ އަމިއްލަ އެދުންތަކަށް ކަލޭގެފާނު تبعވެވަޑައި ނުގަންނަވާށެވެ! އަދި اللَّه، ކަލޭގެފާނަށް ބާވައިލެއްވި ބައެއްآيةން ކަލޭގެފާނު އެއްކިބާކޮށްފާނެކަމަށް އެއުރެންނާމެދު ރައްކާތެރިވެވަޑައިގަންނަވާށެވެ! ފަހެ، އެއުރެން ފުރަގަސްދީފިނަމަ، ކަލޭގެފާނުދެނެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، اللَّه އިރާދަކުރައްވަނީ،އެއުރެންގެ ބައެއް ފާފަތަކުގެ ސަބަބުން، އެއުރެންނަށް عقوبات ދެއްވުމަށެވެ.  އަދި ހަމަކަށަވަރުން، މީސްތަކުންގެ ތެރެއިން ގިނަމީހުންނީ فاسقންކަންކަށަވަރެވެ. ފަހެ، އެއުރެން އެދެނީ ޖާހިލީ ޒަމާނުގެ حكمހެއްޔެވެ؟ يقينކުރާ ބަޔަކަށް اللَّه އަށްވުރެ حكمކުރެއްވުމަށް މޮޅީ ފަހެ ކާކުހެއްޔެވެ؟" 

ﷲ ގެ ޝަރީޢަތް ތަންފީޛު ކުރުމަށް އިންކާރު ކުރާ މީހުންނަކީ ދީނުން ބޭރުވެފައިވާ ކާފިރުބައެއްކަން ބަޔާން ކުރެއްވުމަށްފަހު، ދެން މިއަންގަވަނީ އެފަދަ މީހުންނާ ބައިވެރިވެ، ވާގިވެރިވުމުގެ ހުރި ނުރައްކާތެރިކަން ބަޔާން ކުރައްވާފައެވެ. ޙައްގުގޮތުގައި މުއިމިނުން ކަމުގައިވަނީނަމަ ﷲ އަށް ތަގްވާވެރިވުމަށް ވަނީ އަމުރު ކުރައްވާފައެވެ. ސޫރަތުލް މާއިދާގެ 57 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. 

(يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الَّذِينَ اتَّخَذُوا دِينَكُمْ هُزُوًا وَلَعِبًا مِّنَ الَّذِينَ أُوتُوا الْكِتَابَ مِن قَبْلِكُمْ وَالْكُفَّارَ‌ أَوْلِيَاءَ ۚ وَاتَّقُوا اللَّـهَ إِن كُنتُم مُّؤْمِنِينَ ﴿٥٧) 

މާނައަކީ: " އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރިން ފޮތް ލިބުނުމީހުންގެ ތެރެއިން ތިޔަބައިމީހުންގެ دينއަކީ ފުރައްސާރައެއް ކަމުގައްޔާއި،ކުޅިވަރެއް ކަމުގައި ހަދައިގެން އުޅުނު މީހުންނާއި، كافرން އެއީ،އެހީތެރިން ކަމުގައި ނުހަދާށެވެ! އަދި ތިޔަބައިމީހުންނީ، مؤمنންކަމުގައިވާނަމަاللَّهއަށް تقوىވެރިވާށެވެ! "وبالله التوفيق ، وصلى الله على نبينا محمد وآله وصحبه وسلم ". 

އައްލަޖްނަތުއްދާއިމާ ލިލް ބުޙޫޘިލް ޢިލްމިއްޔަތި ވަލްއިފްތާ. 

އައްޝައިޚް ޢަބްދުލް ޢަޒީޒް ބިން ޢަބްދިﷲ ބިން ބާޒް، އައްޝައިޚް ޢަބްދުއްރައްޒާގް ޢަފީފީ، އައްޝައިޚް ޢަބްދުﷲ ބިން ޣުދައިދާން.

(ފަތާވާ އައްލަޖްނަތުއްދާއިމާ 1/373). 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް