އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތުރުކީގެ ރައީސް އުރުދުޣާންއަށް ގާސިމް އިބްރާހިމް، މަރްހަބާ ވިދާޅުވެއްޖެ

ތުރުކީގެ ރައީސް އުރުދުޣާންއަށް ގާސިމް އިބްރާހިމް، މަރްހަބާ ވިދާޅުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

ތުރުކީ ވިލާތުގައި އިއްޔެއޮތް ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގެ ވޯޓުލުމުގައި، މިހާރުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އިންތިޚާބު ކާމިޔާބުކުރައްވައި، ވެރިކަމުގެ އިތުރު ދައުރެއް ކަށަވަރު ކުރެއްވުމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ތުރުކީގެ ރައީސް އުރުދުޣާންއަށް މަރްހަބާ ވިދާޅުވެއްޖެއެވެ.

މިކަމާގުޅިގެން ގާސިމް އިބްރާހިމް ކުރެއްވި ޓްވީޓްގައި، ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ސެކްރެޓޭރިއެޓުގެ މެމްބަރުންގެ ނަމުގައި އުރުދުޣާންއަށް އިޚްލާސްތެރި ތަހުނިޔާއެއް ފޮނުއްވާ ކަމަށާއި އިންތިޚާބުގައި ރައީސް އުރުދުޣާން މި ހޯއްދެވި ކާމިޔާބީއަކީ އެއްވެސް އޮޅުމެއްނެތް ފުރިހަމަ ކާމިޔާބީއެއް ކަމަށެވެ. އަދި ތުރުކީއަށް ތަރައްގީއާއި، ފާގަތިކަމާއި، ކުރިއެރުމަށް، ޓްވީޓްގައި އެދިވަޑައިގެންފައި ވެއެވެ.

އިންތިޚާބުގެ ކާމިޔާބީއާއެކު، ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއަށް ދުނިޔޭގެ ލީޑަރުން ދަނީ ތަހްނިޔާ ފޮނުއްވަމުންނެވެ.

މިއިންތިޚާބުގެ ގާތްގަނޑަކަށް 99 ޕަސެންޓް ވޯޓުގެ ނުރަސްމީ ނަތީޖާ އިއުލާންކޮށްފައިވާ އިރު، މިހާރުގެ ރައީސް، ރަޖަބު ތައްޔިބު އުރުދުޣާން ވަނީ، ވޯޓުގެ 52 ޕަސެންޓަށް ވުރެ މަތިން ހޯއްދަވައިފައެވެ. 

On behalf of the members of @JPSecretariat , I extend my sincere congratulations to President Recep Tayyip Erdoğan @RTErdogan for his decisive and indisputable victory in the election. May Turkey's journey towards progress and prosperity persist with unwavering enthusiasm and… pic.twitter.com/ajV0GJDPEr

— Qasim Ibrahim (@qasimibrahim) May 29, 2023

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު