އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިތުރު ދައުރެއް ނުދެވޭނެ. ހަމައެކަނި ޗޮއިސްއަކީ ގާސިމް: ޑރ. ވަހީދު

އިތުރު ދައުރެއް ނުދެވޭނެ. ހަމައެކަނި ޗޮއިސްއަކީ ގާސިމް: ޑރ. ވަހީދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

އަންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ހުރިހާ ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން، ދިވެހިންނަށް އޮތް ހަމައެކަނި ޗޮއިސްއަކީ ގާސިމް އިބްރާހިމްކަމަށް ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް، ށ. މިލަންދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑރ. ވަހީދު ވިދާޅުވީ " އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންގެ ތެރެއިންވެސް ހަގީގަތުގައި އެއްވެސް ޗޮއިސްއެއް ނެތް އަޅުގަނޑުމެންނަށް. އެންމެ ޗޮއިސްއެއް އޮތީ. އެއީ ގާސިމް އިބްރާހިމް. ގައުމަށް ގައްދާރުވެ ހިޔާނާތްތެރިވެ ގާނޫނު އަސާސީއާ ހިލާފަށް މަސައްކަތްކުރާ ވެރިންނެއް ބޭނުމެއް ނޫން. އިތުރު ދައުރެއް ނުދެވޭނެ. އެހެންވީމަ އަޒުމު ކަނޑައަޅާންވީ އޮތް ހަމައެކަނި ޗޮއިސްއަކީ ގާސިމް އިބްރާހިމޭ އެމަނިކުފާނަށް ވޯޓުލައްވާށޭ." ކަމަށެވެ.

ރައީސް ވަހީދު ވިދާޅުވީ ވޭތުވެދިޔަ ހުރިހާ ސަރުކާރުތަކަކަށްވުރެ މި ސަރުކާރުން ނެގި ދަރަނި އިތުރުވެފައިވާކަން ފާހަގަކޮށް އަދި އެފައިސާ ހޭދަކުރީ ބަދަލުދިނުމުގެ ނަމުގައި ބޮޑުންނަށް ބަހާލުމަށްކަމަށް ތުހުމަތުކުރައްވާފައެވެ. ސަރުކާރަށް ދެވަނަ ދައުރެއް ދީފިނަމަ، ގައުމު އަޅުވެތިވާނެކަން ފާހަގަކޮށް ރައީސް ވަހީދު ވިދާޅުވީ، ސަރުކާރުގެ ކިބައިން މިހާރު މިނިވަންވާން ވެއްޖެކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު