އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައިކެޔާ އާ ސައިރިކްސް ކޮލެޖް ގުޅިގެން އޮފްތަލްމޮލޮޖީ ދާއިރާގެ ކޯސްތަކާ ހެލްތް ސެކްޓާރ މެނޭޖްމަންޓް ކޯސްތައް ހިންގަން ފަށަނީ-

އައިކެޔާ އާ ސައިރިކްސް ކޮލެޖް ގުޅިގެން އޮފްތަލްމޮލޮޖީ ދާއިރާގެ ކޯސްތަކާ ހެލްތް ސެކްޓާރ މެނޭޖްމަންޓް ކޯސްތައް ހިންގަން ފަށަނީ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

ލޮލުގެ ކަންކަމަށް ރާއްޖޭގައި މިހާރު އެންމެ މަޝްހޫރުކަން ހޯދާފައިވާ އައިކެޔާރ އާއި ކޮލެޖް ފެންވަރުގައި ކިޔަވައިދިނުމަށް މަޝްހޫރު ސައިރިކްސް ކޮލެކޮލެޖާއި 2 މުއައްސަސާ ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއެކޮށްފިއެވެ. 

މި އެއްބަސްވުމުގެ ދަށުން ސައިރިކްސްގައި ކިޔަވާކުދިންނަށް އައިކެއާރ ގެ ކްލިނިކްތަކުން އިންޓާރންޝިޕް (މަސައްކަތުގެ ތަޖުރިބާ ހޯދަން ބައިވެރި ކުރެވޭނެ) އެވެ. އަދި ސައިރިކްސް ކޮލެޖްއާއި އައިކެއާރ ގުޅިގެން އޮފްތަލްމޮލޮޖީ ދާއިރާގެ ކޯސްތައް ޑިޕްލޮމާ،ޑިގްރީ ފެންވަރަށް ކިޔަވައިދިނުމާއި، އަދި ހެލްތް ސެކްޓާރ މެނޭޖްމަންޓް ކޯސްތައް ހިންގަން ފަށާނެއެވެ.

އެއްބަސްވުމުގައި އައިކެއާރ ގެ ފަރާތުން ސޮއެ ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑރ.އަބްދުﷲ ޒާހިރު، އަދި ސައިރިކްސް ކޮލެޖް ގެ ފަރާތުން ސޮއެ ކުރެއްވީ ޗެއަރމަން އަހްމަދު ޝަރީފްއެވެ.

ކޯސްތައް ފަރުމާކޮށް، މިއަހަރު ތެރޭގައި ފެށޭވަރު ވާނެކަމަށް ސައިރިކްސް އިން ވަނީ ބުނެފައެވެ. އަދި ކޯސް ކިޔަވައި ނިމުމުން ލައިސަންސް ލިބި، އައިކެއަރ ގައި އަދި މި ދާއިރާގެ އެހެނިހެން ކްލިނިކްތަކުގައި ދިވެހި ކުދިންނަށް ޚިދުމަތް ކުރެވޭނެއެވެ.

ޑރ.ޒާހިރު ވިދާޅުވީ އައިކެއަރ އިން އަބަދުވެސް ބޭނުންވަނީ ދިވެހިންނަށް އިސްކަން ދިނުމަށް ކަމަށްވާތީ ދިވެހި ޑޮކްޓަރުން އިތުރުވާ ވަރަކަށް ބޭރުމީހުން ރިޕްލޭސް ކުރާނެކަމަށެވެ. އަދި ކޯސް ނިމިގެން އިތުރު ތަޖުރިބާ ހޯދުމަށް ކުދިންނަށް ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޓް ތަކާއި ކްލިނިކްތަކުން ފުރުސަތު ހޯދައިދޭނެކަމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ