އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް ފެނަކައިން އައު ޖަނަރޭޓަރުތައް ރަށްރަށަށް ފޮނުވަން ފަށައިފި

ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް ފެނަކައިން އައު ޖަނަރޭޓަރުތައް ރަށްރަށަށް ފޮނުވަން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

ނާޒުކު ޙާލަތުގައި ކަރަންޓުގެ ޚިދުމަތް ދެމުންދާ ރަށްތަކުގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް ފެނަކައިން އައު ޖަނަރޭޓަރުތައް ރަށްރަށަށް ފޮނުވަން ފަށައިފިއެވެ.

މިކަމާގުޅިގެން ފެނަކައިން ބުނެފައިވަނީ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ގެނައި އައު ޖަނަރޭޓަރުތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާކަމަށާއި މި ޖަނަރޭޓަރުތައް ފޮނުވުމުގައި، އިސްކަންދެނީ، ކަރަންޓު އެންމެ ނާޒުކު ހާލަތުގައި ހުރި ރަށްތަކަށްކަމަށް އެކުންފުނިން ބުންޏެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ، އަލަށް ގެނެވުނު ޖަނަރޭޓަރުތައް ޖުމްލަ 7 ރަށަކަށް ފޮނުވުމަށް ނިންމާފައިވާކަަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ށ، ނ، ރ، އަދި ބ.އަތޮޅުގެ ރަށްތަކެކެވެ. ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް ރަށްތަކަށް ފޮނުވާފައިވަނީ ތަފާތު ކިލޯ ވޮޓްގެ ޖަނަރޭޓަރުތަކެކެވެ.

އަލަށް އިންސްޓޯލް ކުރެވޭ ޖަނަރޭޓަރުތަކާއި އެކު، ރަށްރަށުގައި ދިމާވާ ކަރަންޓުގެ މައްސަލައަށް ދާޢިމީ ޙައްލެއް ލިބޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް