އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނިލަންދޫ ދާއިރާގެ ގޮނޑި ރައީސްގެ ކޮއްކޯފުޅު ފާތިމަތު ސައުދާ ކާމިޔާބުކުރައްވައިފި

ނިލަންދޫ ދާއިރާގެ ގޮނޑި ރައީސްގެ ކޮއްކޯފުޅު ފާތިމަތު ސައުދާ ކާމިޔާބުކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި، ނިލަންދޫ ދާއިރާގެ ގިނަ ފޮށިތަކުން ކުރީގައި އުޅެނީ ޕީއެންސީގެ ފަރައިތުން ވާދަކުރައްވާ ކެންޑިޑޭޓް ފާތިމަތު ސައުދާ އެވެ.

ސައުދާގެ އިތުރުން ނިލަންދޫ ދާއިރާއަށް ވާދަކުރެއްވީ އަމިއްލަ ގޮތުން ވާދަކުރާ އަހުމަދު ރަޝީދު އެކަންޏެވެ.

ފ. އަތޮޅު ތައުލީމީ މަރުކަޒުގައި ބެހެއްޓި ވޯޓުފޮށިން، ސައުދާ އަށް ވަނީ 251 ވޯޓު ލިބިފަ އެވެ. އަހުމަދު ރަޝީދަށް އެފޮށިން ލިބުނީ 167 ވޯޓެވެ.

ފ. ދަރަނބޫދުގައި ބެހެއްޓި ވޯޓު ފޮށިން ސައުދާ އަށް 193 ވޯޓު ލިބިފައިވާއިރު އަހުމަދު ރަޝީދަށް ލިބުނީ 53 ވޯޓެވެ. މިއީ އެންމެ ގިނައިން ވޯޓު ލައިފައިވާ ދެ ފޮއްޓެވެ. އެހެން ބައެއް ވޯޓު ފޮށިތަކުގެ ނަތީޖާ އަދި އާންމުކޮށް އިއުލާން ނުކުރި ނަމަވެސް، ދެން ހުރި ވޯޓު ފޮށިތަކުން ސައުދާ އަށް ސާފު އަގުލަބިއްޔަތެއް ލިބިފައިވާ ކަމަށް އޮބްޒާވަރުން ވަނީ ބުނެފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވެވި ސައުދާ މަތީ ތޢުލީމް ހާސިލްކުރައްވާފައި ވަނީ ސައިކޮލޮޖީންނެވެ. ސައުދާ ފާހަގަ ކުރެވިފައިވަނީ މި އިންތިޚާބަށް އެންމެ ފޯރިގަދަކޮށް ކެމްޕެއިން ކުރެއްވި އެއް ބޭފުޅެއްގެ ގޮތުގައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު