އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް އޮގަސްޓްމަހު ވަގުތީ ޙައްލެއް ގެނެވޭނެ: ވަޒީރު ޠާރިޤް

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް އޮގަސްޓްމަހު ވަގުތީ ޙައްލެއް ގެނެވޭނެ: ވަޒީރު ޠާރިޤް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް މިފެށޭ އޮގަސްޓްމަހުގެ ތެރޭގައި ވަގުތީ ޙައްލެއް ގެނެވޭނެކަމަށް ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. މިކަން ވަޒީރު ވިދާޅުވީ އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ވަޒީރު ޠާރިޤް ވިދާޅުވިގޮތުގައި އައްޑޫގެ ހަކަތައިގެ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ވަރަށް ރަނގަޅަށް ދެނެގަނެވިފައިވެއެވެ. އަދި އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ޕީކް ގަޑިތަކުގައި 12 މެގަވޮޓްގެ ކަރަންޓު ބޭނުންވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އައްޑޫ ސިޓީގެ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ 5 އިންޖީނު މިހާރު ހުރީ ހަލާކުވެފައިކަމަށާއި، މިވަގުތު ބޭނުންކުރެވޭގޮތަށް ހުރީ 15.5 މެގަވޮޓްގެ ކެޕޭސިޓީ އެކަނިކަން ވަޒީރު ހާމަކުރެއްވިއެވެ. ނަމަވެސް މި މައްސަލަ ޙައްލުކޮށް، މި ފެށޭ އޮގަސްޓްމަހުގެ ތެރޭގައި ވަގުތީ ރަނގަޅު ޙައްލެއް ގެނެވޭނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ. މި މައްސަލައަކީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމަކަށްވެފައި، މިކަމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު