އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިއްޚީ ދާއިރާގެ ދަރިވަރުންގެ "ރިކޮގްނިޝަން" އަދި "ވެލިޑޭޝަން" އާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ސިއްޚީ ދާއިރާގެ ދަރިވަރުންގެ "ރިކޮގްނިޝަން" އަދި "ވެލިޑޭޝަން" އާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

މޯލްޑިވިސް މެންޓަލް އެންޑް ޑެންޓަލް ކައުންސިލް (އެމްއެމްޑީސީ)ގެ ބައެއް އިސްބޭފުޅުން މޯލްޑިވިސް ކޮލިފިކޭޝަންސް އޮތޯރޮޓީ (އެމްކިޔުއޭ) އަށް ޒިޔާރަތްކުރައްވައި، ސިއްޚީ ދާއިރާގެ ދަރިވަރުންގެ 'ރިކޮގްނިޝަން' އަދި 'ވެލިޑޭޝަން'އާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި، އެމްކިޔުއޭގެ ފަރާތުން އެ އިދާރާގެ ސީއީއޯ، މަރްޔަމް ފިޒާނާ ރަޝީދުގެ އިތުރުން އެ އިދާރާގެ ބައެއް އިސްބޭފުޅުން ބައިވެރިވެޑައިގަންނަވާފައިވެއެވެ. އަދި އެމްއެމްޑީސީގެ ފަރާތުން، އެ އިދާރާގެ ވައިސް ޕްރެޒިޑެންޓް، ޑރ. ޢަލީ ނިޔާފްގެ އިތުރުން އެ އިދާރާގެ ބައެއް އިސް ބޭފުޅުންވެސް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

'ރިކޮގްނިޝަން/ވެލިޑޭޝަން'ގެ ޚިދުމަތަކީ ކޯހެއް ނުވަތަ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށްފަހު، އެ ދަރިވަރަކު ހާޞިލްކުރި ސަނަދަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ، ކޮންފެންވަރެއްގެ ސަނަދެއްކަން ހާމަކުރުމުގެ ގޮތުން އެ އިދާރާ އިން ދެއްވާ ތައްގަނޑު ޖަހައިދިނުމުގެ ޚިދުމަތެކެވެ.

މިފަދަ ޙިދުމަތްތަށް، ސިއްޙީ ދާއިރާއިން ސަނަދުތައް ހާޞިލުކުރާ ދަރިވަރުންނަށް އެމްކިޔުއޭ އިން ދެއްވަމުން ދާއިރު، އެމްއެމްޑީސީގެ ފަރާތުން ކުރިއަށް ގެންދާ ތަމްރީނުތަކުގައި ސަމާލުކަން ދޭންޖެހޭ ކަންކަމުގެ އިތުރުން މިފަދަ ޚިދުމަތްތަކާއި ގުޅޭގޮތުން ސިއްޙީ ދާއިރާއިން ތަމްރީނުވާ ދަރިވަރުން ދެނެގަތުން މުޙިއްމު މަޢުލޫމާތުތަކުގެ މައްޗަށް މި ބައްދަލުވުމުގައި އަލިއަޅުވާލާފައިވެއެވެ.

އެމްއެމްޑީސީއަކީ ރައްޔިތުންގެ ސިއްޙީ ދުޅަހެޔުކަމާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، އެ ދާއިރާގައި ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ސިއްޚީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލެހެއްޓުމަށް އެތަށް މަސައްކަތްތަކެއް ކުރަމުން އަންނަ އިދާރާއެކެވެ.

 

 

ހަބަރު: ސަރުކާރު

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު