އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަރުކާރު ކުންފުނިތަކުގެ ބޯޑަށް ފައިނޭންސް ދާއިރާގެ މެންބަރުން ޢައްޔަންކުރާ ޑިރެކްޓަރުންގެ ޕޫލް އާންމުކޮށްފި

ސަރުކާރު ކުންފުނިތަކުގެ ބޯޑަށް ފައިނޭންސް ދާއިރާގެ މެންބަރުން ޢައްޔަންކުރާ ޑިރެކްޓަރުންގެ ޕޫލް އާންމުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސް.އޯ.އީތަކުގެ) ޑިރެކްޓަރުންގެ ބޯޑަށް ބޭނުންވާ އެކައުންޓިންގ އެންޑް ފައިނޭންސް ދާއިރާގެ މެންބަރުން ޢައްޔަންކުރުމަށް އެކުލަވާލެވުނު ޑިރެކްޓަރުންގެ ޕޫލް އާންމުކޮށްފިއެވެ.

މި ޕޫލް އެކުލަވާލެވިފައިވަނީ ޤާނޫނު ނަންބަރު: 2013/3 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނު) ގައިވާ ގޮތުގެ މަތިންނެވެ. އަދި މި ޕޫލް އެކުލަވާލުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރުން ޢައްޔަންކުރުމުގައި ޢަމަލުކުރާ އުސޫލާއި ކޯޕަރޭޓް ގަވަރނަންސް ކޯޑް ފޮރ ސްޓޭޓް އޯންޑް އެންޓަޕްރައިސަސްގައި ބަޔާންކުރާ މިންގަނޑުތައް ވެސް ބަލާފައިވާ ކަމަށް ވުޒާރާއިން ހާމަކޮށްފައިވެއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑުން އިތުރަށް ބުނެފައިވަނީ، މި ޕޫލްގައި ހިމެނޭ ފަރާތްތަކުގެ މަޢުލޫމާތު މިހާރު ވަނީ އާންމުކޮށްފައި ކަމަށާއި، މި ލިސްޓު ވުޒާރާގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

މި ފިޔަވަޅަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، އެ ކުންފުނިތަކުގެ މާލީ ކަންކަން އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ. މީގެ ސަބަބުން އެކައުންޓިންގ އެންޑް ފައިނޭންސް ދާއިރާގެ ތަޖުރިބާކާރުން ސަރުކާރުގެ ުގެ ކުންފުނިތަކުގެ ބޯޑުތަކަށް ގެނައުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ލަފާކުރެވެއެވެ.

މި ޕޫލް އާންމުކުރުމަކީ ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށާއި، އެ ކުންފުނިތަކުގެ މާލީ ކަންކަން އިތުރަށް ވަރުގަދަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު