އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިވެރިކަމުގެ ތެރެއިން އިސްލާމީ ދާއިރާގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާނެ: ޑރ. ޝަހީމް

މިވެރިކަމުގެ ތެރެއިން އިސްލާމީ ދާއިރާގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާނެ: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

ވެރިކަމުގެ ތެރެއިން އިސްލާމީ ދާއިރާގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާނެ ކަމަށާއި މި މަސައްކަތްތަކަކީ ރައީސް މުޢިއްޒު ވަރަށް ގާތުން ބައްލަވާ މަސައްކަތެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްލާމީ ދާއިރާތަކުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށުމަށް ކުންފުނިތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝަހީމް މި ވާހަކަ ވިދާޅުވިއެވެ.

"ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތައް ތަންފީޒް ކުރައްވަމުން ގެންދަވަނީ ރައްޔިތުންނާ ބައްދަލުކުރައްވާ، ރައްޔިތުން އެދޭ ގޮތަށް," މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ. "އަމަލީ މަސައްކަތް ފެށޭ މި މަޝްރޫޢުތަކަކީވެސް މިފަދަ މަޝްރޫޢުތަކެއް."

މިނިސްޓަރ ޝަހީމް އިތުރަށް ވިދާޅުވި ގޮތުގައި، މި މިސްކިތްތަކުގެ މަސައްކަތް ނިމިގެންދާއިރު، މިސްކިތްތަކުގައި ޤުރުއާން ކުލާސް ޤާއިމްކުރެވި، މިސްކިތްތައް އޭސީކޮށް ސޯލާ ޕެނަލް ހަރުކުރެވިގެންދާނެއެވެ. އަދި މި މިސްކިތްތަކަކީ މުޅިން އާ ޑިޒައިންތަކަށް އިމާރާތް ކުރެވޭ، ދިވެހިރާއްޖޭގެ މާޙައުލާ ގުޅ ގުޅޭ، ރައްޔިތުންނަށް ހިތްހަމަޖެހިގެން ނަމާދު ކުރެވޭނެ ފުރިހަމަ މިސްކިތްތަކަކަށް ވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި މަޝްރޫޢުތަކަކީ ރައީސް ޑރ.މުޢިއްޒުގެ އިސްލާމީ ދާއިރާގެ ވަޢުދުތަކުގެ ތެރެއިން ކުރިއަށް ގެންދެވޭ މަޝްރޫޢުތަކެއް ކަމަށްވާތީ، މި މަސައްކަތްތައް ކުރިއަށްދާ ގޮތް ރައީސް ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަން މިނިސްޓަރ ޝަހީމް ފާހަގަކުރެއްވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު